ads
ރައީސް ސާލިހު ހުވަދޫ ދަތުރުފުޅު ނިންމަވާލެއްވުން: ފޮޓޯ އެމްޑީޕީ
ރައީސްގެ ހުވަދޫ ދަތުރުފުޅު ނިންމާލެއްވުން: އުންމީދީ 50 އަށްވުރެ ގިނަ ވައުދު
ރައީސުލް ޖުމްހޫރިއްޔާ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ރެއާއި ހަމައަށް ހުވަދު އަތޮޅަށް ކުރެއްވި ދަތުރު ފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ މިއަދު މާލެ ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ ގިނަ ވައުދުތަކެއް އެ އަތޮޅަށް ވެ ލައްވާފައެވެ.
Advertisement

މިގޮތުން ރައީސް ދަތުރުފުޅުގައި ގއ. އަދި ގދ ގެ ގިނަ ރަށްރަށް ވަޑައިގެން މުޅި އަތޮޅާއި، ރަށްރަށާއި، މުޅި ރާއްޖެ ހިމެނޭހެން ގިނަ ވައުދުތަކެއް ވެ ލެއްވިއެވެ. 

މިގޮތުން ރައީސް ވަނީ 50 އަށްވުރެ ގިނަ ވައުދު ހުވަދު އަތޮޅަށް ވެލައްވާފައެވެ. އޭގެ ތެރޭގައި ގިނައީ ވަކިވަކި ރަށްރަށް ވެލެއްވި ވައުދުތަކެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަަމާއި ގުޅުންހުރި ގިނަ ވައުދުތައް ވެސް ވެ ލެއްވިއެވެ.

ގދ. މަޑަވެއްޔަށް ވެލެއްވި ވައުދުތައް: 

  • މަޑަަވެއްޔާ ހާދޫ ގުޅަލައި ބިން އިތުރުކުރެއްވުން
  • ގޯތި ދޫކުރުން
  • ޝޯސަލް ހައުސިން ގާއިމްކޮށްދިނުން 
  • އައިސްޕްލާންޓު ގާއިމް ކޮށްދިނުން

އެމްޑީޕީގެ މެނިފެސްޓޯގެ ފުރަތަމަ "ތަނބު" "އުފާވެރި ދިރިއުޅުން" ވެސް އެމްޑީޕީން ވަނީ އިއުލާނުކޮށްފައެވެ.  

"އިސް ރަށްވެހިންނަށް ބޭނުންވާ ކަންތައްތަކާ ކުޑަކުދިންނަށް ބޭނުންވެފައި ހުރި ކަންތައްތަކާ. ތައިލީމީ ދާއިރާގަ ނުވެ ހުރި ކަންތައްތަކާ. ކުރިއަށް އޮތް ތަނުގައި ބެލެނިވެރިންނާ، ރައްޔިތުންނާ، ދަރިވަރުން ބޭނުންވާ ކަންތައްތަކާ ބެހޭ ތަފްސީލުތައް ހާމަކޮށްދޭނެ. ސިއްހީ ދާއިރާއަށް އަޅުގަނޑުމެން މިި ގެންނަ ބަދަލުތަކުގެ ތަފްސީލު ހިމެނޭނެ،" މެނެފެސްޓޯގެ ފުރަތަމަ ބަޔާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވެއެވެ.

ގދ. ހޯނޑެއްދޫ އަށް ވެލެއްވި ވައުދުތައް: 

  • މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުން
  • ރަށުގެ އުތުރުގަ ބޮޑު މިސްކިތެއް ބިނާކޮށްދިނުން
  • އަންހެނުންނަށް ހާއްސަ ވޮލީ ކޯޓެއް އަޅައިދިނުން
  • އަންހެނުންނަށް ހާއްސަ ފުޓްސަލް ދަނޑެއް އަޅައިދިނުން 
  • ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދިނުން
  • ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދިނުން 
ސިއްހީ ދާއިރާއަށް ޑްރޯން ބޭނުންކޮށްގެން ސާންޕަލް ޓްރާންސްފާ ކުރަން ފަށާނެކަން ވެސް ރައީސް އިއުލާނު ކުރެއްވީ ހުވަދޫ ދަތުރުފުޅުގެ ތެރެއިންނެނެވެ.

ގދ. ނަޑެއްލާއަށް ވެ ލައްވާފައިވާ ވައުދުތައް:

  • ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީކޯޓެއް ގާއިމްކޮށްދެއްވުން
  • އައުޓްޑޯ ޖިމެއް ގާއިމްކޮށްދިނުން
  • ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން 
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދިނުން 
  • ޝޯސަލް ހައުސިން އަޅައިދިނުން 
  • ޖާގަ ތަނަވަސް މިސްކިތެއް ގާއިމްކޮށްދިނުން 
  • ބަނދަރު ބޮޑުކޮށް ތަރައްގީކޮށްދިނުން 
  • ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް ގައިމްކޮށްދިނުން

ގދ. ގައްދޫއަށް ވެލެއްވި ވައުދުތައް:

  • މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދިނުން
  • 39 ހެކްޓަރުގެ ބިން ހިއްކައިދިނުން 
  • 100 ރޯ ހައުސް އަޅައިދިނުން 
  • ފޮލިޓެކްނިކްގެ އާ އިމާރާތެއް ގާއިމްކޮށްދުނުން 
  • ގަމާއި ގައްދޫ ގުޅާލަދިިނުން

ގދ. ވާދޫއަށް ވެ ލެއްވި ވައުދުތައް:

  • ކައުންސިލް އިދާރާ ތަރައްގީކޮށްދިނުން 
  • ސްކޫލަށް ބޭނުންވާ އެޑްމިން އިމާރާތް އަޅައިދިނުން 
  • ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކޮށްދިނުން 
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުން 
  • ސިއްހީ މަރުކަޒުގެ އެޑްމިން ބްލޮކެއް ގާއިމްކޮށްދިނުން 
  • ފަތާ ސަރަހައްދެއް ގާއިމްކޮށްދިނުން 
  • ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެއް ގާއިމްކޮށްދިނުން 
  • ސޯޝަލް ހައުސިން ޔުނިޓެއް ގާއިމްކޮށްދިނުން 
  • 100 އެނދުގެ ހޮޓަލެއް ގާއިމްކޮށްދިނުން

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބު ކުރީވެސް ރައީސް ހުވަދޫ ދަތުރު ފުޅުގައި އުޅުއްވަނިކޮށެވެ. ރައީސްގެ ފަރާތުން ގުރު އަތުލުމުގައި ބައިވެރިވެ ލެއްވީ އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓު އަދި ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. 

ރައީސް އަށް ލިބިވަޑައިގަތީ ކެނޑިޑޭޓު ނަންބަރު 3 ކެވެ.

ގދ. ފަރެސްމާތޮޑާއަށް ވެލެއްވި ވައުދުތައް: 

  • މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދިނުން 
  • ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދިނުން 
  • ބަނދަރު ބޮޑުކޮށް ތަަރައްގީކޮށްދިނުން 
  • ނެރު ފުންކޮށްދިނުން 
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކޮށްދިނުން 
  • ހެލްތު ސެންޓަރުގެ އާ އިމާރާތެއް ގާއިމްކޮށްދިނުން
  • އައިސް ޕްލާންޓެއް ގާއިމްކޮށްދިނުން 
  • ބޮޑު ހުކުރު މިސްކިތެއް ގާއިމްކޮށްދިނުން 
  • ކަޅައިދޫއާއި އެއްކޮށް ބިން ހިއްކައިދިނުން 
  • ސޯޝަލް ހައުސިން ގާއިމްކޮށްދިނުން 
  • ސިޓީ ހޮޓަލެއް ގާއިމްކޮށްދިނުން 
ނަފްސާނީ ފުރުވާއަށް އާސަންދަ ލިބޭނެކަން ވެސް ރައީސް ސަލިހު އިއުލާނު ކުރެއްވީ ހުވަދޫ ދަތުރު ފުޅުގެ ތެރެއިންނެވެ.

ގއ. ދެއްވަދޫއަށް ވެ ލެއްވި ވައުދުތައް: 

  • އައިސް ޕްލާންޓެއް ގާއިމްކޮށްދިނުން 
  • ސްކޫލް މަލްޓި ޕާޕަސް ހޯލް ގާއިމްކޮށްދިނުން 
  • ކައުންސިލް އިދާރަގެ އާ އިމާރާތެއް ގާއިމްކޮށްދިނުން 
  • ސޯޝަލް ހައުސިން ޔުނިޓު އަޅައި ދިނުން 
  • މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކޮށްދިނުން

ގދ. ކޮނޑޭއަށް ވެލައްވާފައިވާ ވައުދުތައް: 

  • ބަނދަރު ބޮޑުކޮށްދިނުން 
  • ހައުސިން ޔުނިޓް އަޅައިދިނުން 
  • ފުޓްބޯޅަ ދަނޑެއް އަޅައިދިނުން 

ގދ. ނިލަންދޫއަށް ވެ ލެއްވި ވައުދުތައް:

ޔޫތް ސެންޓަރެއް ގާއިމްކޮށްދިނުން 

ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން 

ބަނދަރު ބޮޑުކޮށް ތަރައްގީކޮށްދިނުން 

މަގުތައް ޒަމަނީ ފެންވަރަކަށް ތަރައްގީކުރުން 

ފުޓުބޯޅަ ސްޓޭޑިއަމްއެއް އަޅައިދިނުން 

 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް