ads
ރައިސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު
ދަރިން ތަރުބިއްޔަތު ކުރުމުގައި އުއްމީދު ކަނޑާނުލާ ކުރިއަށްދޭ: ފަޒްނާ
ދަރިން ތަރުބިއްޔަތު ކުރުމުގައި އުއްމިދު ކަނޑާނުލާ ކުރިއަށް ދިއުމަށް ރައިސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އެދިލައްވައިފިއެވެ.
Advertisement

ރައީސްގެ އަނބިކަބަލުން މިފަދައިން އެދިފައިވަނީ ބުރާސްފަތު ދުވަހު ހެނދުނު ގައުމީ ކުތުބުހާނާގައި، އަހުމަދު ފަޔާޒް ހަސަން ލިޔުއްވާފައިވާ ފޮތް "ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" ނެރެދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޒުނާ ވިދާޅުވީ ކުދިން ތަރުބިއްޔަތު ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެކުދިންގެ މައިންބަފައިން ރަނގަޅު ނަމޫނާއެއް އެކުދިންނަށް ދެެއްކުން ކަމަށާއި، މައިންފަފައިން އެގޮތުގައި ތިބެއްޖެ ކަމުގައިވާނަމަ އެކުދިންގެ މުސްތަގުބަލް އަލިވެގެންދާނެ ކަމަށެވެ.

''ބައެއް ބެލެނެވެރިން ބުނާނެ ތިމަންނަމެން ނަމާދު ކުރަމޭ އެކަމަކު މީނައެެއް އެކަމެއް ނުކުރެއޭ،" -ފަޒުނާ-

ފަޒުނާ ވިދާޅުވީ އެކަމުގައި ދެމި ހުރެއްޖެ ނަމަ އެކުދިން އެމަގުންދާނެ ކަމަށާއި، ކުދިންން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ކަމަކީ މައިންބަފައިންގެ ކިބައިން ފެންނަ ރީތި ނަމޫނާ ކަމުގައެވެ.

އަދި ކޮންމެ ދުވަހަކީވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި ދަސްކުރަންވީ ދުވަހެއް ކަމަށާއި، އެއްދުވަހުން އަނެއްދުވަހަށް އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް