މަޖީދީމަގުން ފަނޑިޔާރުމަގާއި ގުޅޭ ކަންމަތީގައި ހުންނަ އެ ފިހާރައިގެ ހަތަރު ބިއްލޫރިގަނޑު ވަނީ ޕޭމަންޓް ގަލުން ޖަހައި ތަޅާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރީ ދިވެއްސެކެވެ.
އޭނާ އެކަންކުރަނިކޮށް ބަޔަކު އެ މީހާ ހިފެހެއްޓި ކަމަށާއި މިހާރު އެ މީހާ ވަނީ ފުލުހުންނާ ހަވާލު ކޮށްފައިކަމަށެވެ.
އެ ސަރަހައްދުގައި ތިބި މީހުން ބުނިގޮތުގައި ބިއްލޫރިތައް ތެޅިނަމަވެސް އެ މީހާ އެތަނުން އެއްވެސް އެއްޗެއް ނުގެންދެއެވެ. އޭގެ ކުރިން މީހުން އެއްވެ އޭނާ ހިފެހެއްޓީއެވެ.