މި މައްސަލަ ފެށުނީ 2016 ވަނަ އަހަރު ޖަޔަޕްރަދާ އާއި އޭނާގެ ވިޔަފާރި ބައިވެރިން ޗެންނާއީގެ ރާޔަޕެޓާގައި ހުންނަ ފިލްމު ސިނަމާއެއް މުވައްޒަފުންގެ މުސާރަ ނުދީ ބަންދުކުމާއި ގުޅިގެންނެވެ.
ޖަޔަޕްރަދާ އެ ހުކުމް މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ. މިހާރު ކަފާލާތުގެ ދަށުން ދޫކޮށްފައި ހުރި ނަމަވެސް އިސްތިއުނާފު ނާކާމިޔާބު ވެއްޖެ ނަމަ ޖަލަށް ފޮނުވާލާނެއެވެ.
މިއީ ފިލްމީ ދާއިރާއާއި ސިޔާސީ ދާއިރާގައި ދިގު އަދި ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައިވާ ޖަޔަޕްރަދާއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ޓެލަގޫ އަދި ހިންދީ ސިނަމާގެ މަގުބޫލު އަދި އިހުތިރާމް ލިބިގެންވާ ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ 300 އަށްވުރެ ގިނަ ފިލްމު 30 އަހަރު ދުވަހުގެ ތެރޭގައު ކުޅެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކޮށްފައިވާ އެކްޓަރުގެ މިމައްސަލައަކީ އެންމެ ކާމިޔާބު މީހުންނަށް ވެސް ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެކަން ހަނދާންކޮށްދޭކަމެކެވެ.