ads
އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލް ބުރެއް...
ރައީސް ޔާމީން ޖަލުގައި 1000 ދުވަސް: ސައިކަލު ބުރެއް ބާއްވަނީ
ރައީސް ޔާމީނަށް ޖަލުގައި 1000 ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން މިއަދު މާލޭގައި ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ އެ ސައިކަލް  ބުރު ފަށާނީ ޕީޕީއެމްގެ އޮފީސް ކުރިމަތީން ކަމަށެވެ.

މިއީ މަނިކުފާނަށް ލިބެމުންދާ އަނިޔާ އާއި ދެކޮޅަށް ބާއްވާ ސައިކަލް ބުރެއްކަމަށް އެ ޕާޓީން ބުނެއެވެ. 

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދެ ކުށެއް ސާބިތުވެ ޖަލަށްލާފައިވަނީ މި ދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. ރައީސް ޔާމީން ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނީ، ހަތަރު އަހަރުގެ ހުކުމަކާއި ހަތް އަހަރުގެ ހުކުމަކާއެކު ޖުމްލަ 11 އަހަރުގެ ހުކުމެކެވެ.

ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ، ވ. އާރަށް އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ އިއްވާފައިވާ ހުކުމެކެވެ.

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަމެއް އެބަހުރި ކަމަށް ވިދާޅުވެ، ގެއަށް ބަދަލުކޮށްދެއްވުމަށް އާދޭހާއި އެކު ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގެ ފަނޑިޔާރުންގެ އަރިހުން މިހާރު ވަނީ އެދިވަޑައިގެންފައެވެ.

ގެއަށް ދޫކޮށްދެއްވުމަށް އެދިވަޑައިގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަރިހުން ޔާމީން އެދިވަޑައިގެންނެވީ، ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާ ގުޅޭ ގޮތުން ހައިކޯޓުގައި އޮތް އަޑު އެހުމުގައި ވާހަކަ ދައްކަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް