ads
ހޭލާ ނަމުގައި އުފައްދާފައިވާ ޖަމިއްޔާގުޅޭ ގޮތުން ވާހަކަ ދައްކަވަނީ...
ޒުވާން ކުދިން ކޮޅެއް އިސްވެތިބެ ހޭލާ ނަމުގައި ނިޒާމާއި ދެކޮޅު ޖަމިއްޔާއެއް
ޒުވާންކުދިން ކޮޅެއް އިސްވެތިބެ ހޭލާ ނަމުގައި ވެރިކަމުގެ ނިޒާމާއި ދެކޮޅު ޖަމިއްޔާއެއް އުފައްދައިފިއެވެ.
Advertisement

ހޭލާ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއިން ބުނީ ވެރިކަމުގެ ނިޒާމުގައިހުރި މައްސަލަތަކުގެ ސަބަބުން ކޮރަޕްޝަނުގެ ގިނަ މައްސަލަތައް ހައްލު ނުވެގިނަ ދުވަސްތައް ފާއިތުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ ނޭއްގާނީ ކަންކަމާއި ކޮރަޕްޝަނުން އެއްކިބާވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. 

" މި ޖައްމިއްޔާގެ ތަސައްވުރަކީ ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުން. އަޙްލާގީ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމައުއެއް ގާއިމު ކުރުން. މިއީ މިސާލީ ވެރިކަމެއް ހިންގުމުގެ ނިޒާމީ މަސައްކަތަށް އުފެއްދި ޖަމިއްޔާ އެއް" ހޭލާ އިން ބުނެއެވެ.

އެ ޖަމިއްޔާގައި މިހާރުވެސް 495 މެމްބަރުން އެބަތިބި ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ޖަމިއްޔާގެ ސްޕޯކް ޕާސަން ވިދާޅުވީ އެ ޖަމިއްޔާ އާއި ގުޅުމުގެ ފުރުސަތު ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ޖަމިއްޔާގެ ޝިޔާރަކީ ވަތަން ރޫހު ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަަށް އެކުލެވޭ ޖަވާބުދާރީ ކުރުވަނިވި ޖަމިއްޔާ އަކަށް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ކިބައިން ކޮރަޕްޝަނާއި، ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި، އެޖަމިއްޔާ އިސްވެ ހޭލުންތެރިކަންވެސް އިތުރު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް