ads
ގަލޮޅު ދަނޑު
ޔޫތު މިނިސްޓްރީން އެދިގެން ލީގު މެޗުތައް ކެންސަލް
ޔޫތު މިނިސްޓްރީގެ އިވެންޓަކަށް ގަލޮޅު ދަނޑު ބޭނުން ކުރަން ޖެހިގެން، މި ހަފްތާގައި ކުޅެން އޮތް ދިވެހި ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

އެފްއޭއެމުން މިއަދު ބުނީ މި ހަފްތާގައި ކުޅެން ކަނޑައަޅާފައިވާ މެޗުތައް ފަސް ކުރީ ސަރުކާރުން އެދިގެން ޔޫތު މިނިސްޓްރީގެ އިވެންޓަކަށް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން އިވެންޓެއް ކަމެއް ނޭނގެއެވެ. 

މި ހަފްތާގައި ކުޅެން އޮތް މެޗުތައް ކެންސަލް ކުރަން ޖެހޭކަން އެފްއޭއެމަަށްވެސް އެނގުނީ މިއަދު މެންދުރުވީ ފަހުންނެވެ. މާދަމާ އަދި އަނެއް ދުވަހު ކުޅެން އޮތް މެޗުތައް ކެންސަލް ކުރަން ޖެހޭކަން އެފްއޭއެމަަށް އެނގުނީ މާދަމާ އަދި އަނެއް ދުވަހުގެ މެޗުތަކުގެ ޕްރީމެޗް ޕްރެސް ކޮންފަރެންސް ފެށުނު ފަހުންނެވެ. މާދަމާ އަދި އަނެއް ދުވަހުގެ މެޗުތައް ކުޅޭ ޓީމުތަކުގެ ބައެއް ކޯޗުންނަވެސް އެކަން އެނގުނީ ޕްރެސް ކޮންފަރެންސްއަށް އައި ފަހުންނެވެ. 

ލީގުގައި މާދަމާ ހަވީރު ކުޅެން އޮތީ މާޒިޔާ އަދި ސަސްގެ މެޗެވެ. އަދި މާދަމާ ނޫން އަނެއް ދުވަހު ޓީސީއާ ޔޫވީ އަދި މާދަމާ ނޫން އަނެއް ދުވަހުގެ ރޭ ވެލެންސިޔާއާ ގްރީންގެ މެޗު ކުޅެން އޮތީ ތާވަލުކޮށްފައެވެ. 

އެފްއޭއެމުން ބުނީ، މާދަމާ އަދި އަނެއް ދުވަހުގެ މެޗުތައް ފަސް ކުރަން ޖެހުމުން، ލީގު ޝެޑިއުލަށް ބަދަލު ގެނެސް އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް