އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި މިއަދު ގއ. ގެމަނަފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން އިލްޔާސް ވިދާޅުވީ މިހާރު އޮތް އުސޫލުން މަސްވެރިންނަށް ލިބެނީ 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން އެކަނި ކަމަށެވެ.
ނަމަވެސް އެކަން ބަދަލުކުރަން ޖެހޭ ކަމަށާއި މަސްވެރިންގެ ހަޔާތުގައި ދިވެހި އިގްތިސާދަށް ކުރާ ފައިދާގެ ބަދަލު އެ ފަރާތްތަކަށް ލިބެން ޖެހޭނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ އެއީ އެމީހުންގެ ހައްގެއް ކަމަށާއި މަސްވެރިންނަކީ ދިވެހި އިގުތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓްކުރާ މިންވަރަށް ފައިދާ ލިބިދެން ޖެހޭ ކަމަށާއި އެކަމުގެ މަސައްކަތުގައި ޑިމޮކްރެޓުން ސާބިތުވެ ތިބޭނެ ކަމަށެވެ.
މީގެއިތުރުން މިހާރު މަހުގެ އަގުގެ ގޮތުގައި ހުރި 17 ރުފިޔާ 25 ރުފިޔާއަށް އިތުރުކޮށްދޭނެ ކަމަށާއި އެކަމުގެ ސަބަބުން މަސް ގަންނަ ފަރާތްތަކަށް ލިބޭ ގެއްލުން ސަރުކާރުން ސަބްޒިޑައިޒް ކޮށްދޭނެ ކަމަށެވެ.