މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މަރުވެފައި ވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ބ. ތުޅާދޫ ބޯދި އިސްމާއިލް އަބޫބަކުރު (55 އަހަރު) ކަމަށެވެ.
"އޭނާގެ މެޔަށް ތަދެއް އަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި. އިސްމާއިލް އަބޫބަކުރުގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިދިޔަ،"
އޭގެފަހުން އޭނާ މަރުވެފައިވަނީ މިއަދު ހަވީރު 3:25 ހާއިރު ކަމަށް ކަރެކްޝަނުން ބުނެއެވެ. އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނުން ބުނެފައިވެއެވެ.