ads
އިލްޔާސް ލަބީބް: ފޮޓޯ ދަ ޑިމޮކްރެޓްސް
ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަންޖެހޭ: އިލްޔާސް
ހުވަދު އޮތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަޖެހޭކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ މިއަދު ގދ ތިނަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

"ހުވަދު އަތޮޅަކީ މި ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު އަތޮޅެއް. މި އަތޮޅުގަ ރިސޯސް އެބަހުރި ހުރިހާކަމެއް ކުރަން ޓޫރިޒަމް ކުރިއެރުވުމަށްޓަަކައި އެންމެ ރިސޯސްފުލް އެއް އަތޮޅު މީ. ދަނޑުވެރިކަމުގެ ކަންކަން ކުރިއަރުވަން އެންމެ ރިސޯސްފުލް އެއް އަތޮޅު މީ. މަސްވެރިކަމުގެ ކަންކަން ވެސް އެންމެ ރަނގަޅަށް ރާއްޖޭގަ ހިނގަމުން އަންނަ އަތޮޅު މީ،" -އިލްޔާސް ލަބީބް-

ހުވަދު އަތޮޅުގެ ވަސީލަތްތަކުގެ މަންފާ ތިނަދޫއާއި ހުވަދު އަތޮޅާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރާނެގޮތް ހަދައިދެއްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އެ ވަސީލަތްތަކުގެ މަންފާ ލިބޭނެގޮތް ހަދައިދިނުމަކީ ޒުވާނުންގެ ޒިންމާއެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މި ޒިންމާ އަދާކުރަން އަޅުގަނޑާ އަމްރު ނުކުމެ މިތިބީ. ޓޫރިޒަމް ކުރިއަރަންޖެހޭ މި ސަރަހައްދުގަ. މި ސަރަހައްދުގެ ޓޫރިޒަމް ކުރިއެރުމަށްޓަކާ މި ސަރަަހައްދުގަ އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަންޖެހޭނެ. އެ އިންޓަނޭޝަނަލް އެއާޕޯޓަށް ދުނިޔޭގެ އެކި މަންޒިލްތަކުން ފުލައިޓު ޖައްސަންޖެހޭ. މި ސަރަހައްދުގެ ރިސޯޓުތަކަށް ޓޫރިސްޓުން ގެނެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ،"

އިލްޔާސް ވިދާޅުވީ ހުވަދު އަތޮޅުގައި މިހާރުވެސް 12 ރިސޯޓު އެބައޮތްކަމަށެވެ. އަދި މިހާރު ރިސޯޓުތަކުގެ އަދަދު މީހުން އުޅޭ ރަށްރަށަށްވުރެ އިތުރުވަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް