މޯނީ މަރުވިކަން އިއުލާނުކުރީ އޭނާގެ ވެވާސް ލައިވް ސެޝަންގައްގައި ހޮނިހިރު ދުވަހުއެވެ. އެނާ ބުނީ މޯނީ މަރުވިތާ މިހާރު ތިން ވަރަކަށް މަސް ވެދާނެކަމަށެވެ. ނަމަވެސް އެ ހިތާމެވި ހަބަރު ހިއްސާނުކޮށް އޮތީ ލިބިފައިވާ ހިތާމަ ބޮޑުކަމުންކަމަށެވެ.
މޯނީ މަރުވި ޚަބަރަކީ ބީޓީއެސްގެ ސަޕޯޓަރުންނަށް ލިބުނު ޝޮކެކެވެ. މޯނީގެ މަރާއެކު އެތައްބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
މޯނީ ބީޓީއެސް ސަޕޯޓުންގެ މެދުގައި މަގުބޫލު ކުއްތާއެކެވެ. އޭނާ ގިނައިން ފެނިގެން ދިޔައީ އާރްއެމްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުންނެވެ.
އާރްއެމް ވަނީ އޭނާގެ ވެވަރސް ލައިވް ސެޝަންގައި ވެސް އޭނާގެ ހިތާމައާ ބެހޭ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ "މޯނީގެ މަރުވިކަން ގަބޫލުކުރަން އަދިވެސް އުނދަގޫވޭ. މޯނީ މަތިން ވަރަށް ބޮޑަށް ހަނދާންވާ،" ކަމަށެވެ.