ads
ނ. ވެލިދޫ އަދި ޅ. ހިންނަވަރުން ފުލުހުން އަތުލައިގެން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި/ ފޮޓޯ ފުލުހުން ...
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ މީހަކާއި، އަދި ޅ. ހިންނަވަރުން ތިން މީހުން ކަމަށްވެސް ފުލުހުން ވަނީ  ބުނެފައެވެ.

އެ އޮފަރޭޝަން ހިންގާފައިވަނީ ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށާއި، އެ އޮޕރޭޝަނުން ހައްޔަރު ކުރީ 18 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އަންހެނަކާއި، 32 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެރަށުން ހައްޔަރު ކޮށްފައިނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މާލެއިން ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން ބަނގުރާ އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައިވެސް ލޯންޗުގައި ހުރި ފޮއްޓެއް ބަލައިފާސްކުރިއިރު ފަސްފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް