ads
ފޯނު
މާގިނައިން ފޯނާ ކުޅޭކަމަށް ބުނެ އިންޑިއާ މީހަކު އަނބިމީހާ މަރާލައިފި
އިންޑިއާގެ ކަރްނާޓަކާގެ ކޮލާ ޑިސްޓްރިކްޓްގައި މީހަކު އޭނާގެ އަންހެނުން މާގިނައިން ފޯނާ ކުޅޭކަމަށް ބުނެ މަރާލައިފިއެވެ.
Advertisement

މިއަދު ފުލުހުން ބުނެފައިވަނީ އެމީހާ މަރާލާފައިވަނީ ފޯނު އެޑިކްޝަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. 

މިހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ މާލޫރު ޓައުންގައި ހުންނަ އެމީހާގެ ގޭގައެވެ.

ޑެއިލީ ވޭޖް ލޭބަރެއް ކަމަށްވާ ސުރޭޝް ނަމަކަށް ކިޔާ ފިރިހެން މީހާ ވަނީ އޭނާގެ އަންހެނުން މަންޖުލާ އޮންލައިންކޮށް ބައްދަލުވި މީހަކާ ގުޅުން ހިންގާފައިވާ ކަމަށް ޝައްކުކޮފައެވެ. 

އެކަމާ އޭނާ ސުވާލުކުރި ނަމަވެސް އޭނާގެ އަންހެނުން އެކަމަށް އިންކާރު ކުރިއެވެ.

ޒުވާބު ހިނގައި ސުރޭޝް ވަނީ ވަޅިއަކުން މަންޖުލާއަށް ހަމަލާދީ މަރާލާފައެވެ. 

އެއަށްފަހު ސުރޭޝް ވަނީ ފުލުހުންނަށް ގުޅައިގެން އެ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. 

މިއީ އިންޑިއާގައި ޚިޔާނާތުގެ ޝައްކު ކުރެވިގެން ފިރިހެނުން އަނބިމީހާ މަރާލާފައިވާ ސިލްސިލާ ހާދިސާތަކުގެ އެންމެ ފަހުގެ ހާދިސާއެވެ.

މެއި މަހު ކެރެލާގެ މީހަކު ވަނީ އޭނާގެ އަނބިމީހާގެ ފޯނު ޕާސްވޯޑް ދޭން ދެކޮޅު ހެދުމުން އޭނާގެ އަންހެނުން މަރާލާފަ އެވެ. 

މި ހާދިސާތަކުން ގެވެށި އަނިޔާގެ ނުރައްކާތެރިކަމާ މެދު އިތުރަށް ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. އަނިޔާ ލިބެމުންދާ އަންހެނުންނަށް އެހީއަށް އަތް ދިއްކޮށް، އެ އަނިޔާ ފުލުހުންނަށް ރިޕޯޓް ކުރުމުގައި ފަސްނުޖެހޭށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް