ads
ރައީސް ޔާމިން
ރައީސް ޔާމިން ގެއަށް ބަދަލުކުރި ވާހަކައަކީ ދޮގެއް: ދޮނާ
ރައީސް އަބްދުﷲ ޔާމިން ގެއަށް ބަދަލުކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވެއްޖެއެވެ.

ދޮނާ މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެޔަށް ބަދަލުކުރިކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާތީ، އެއީ ސައްހަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވަން،" -ކޮމިޝަނާ އޮފް ޕްރިޒަންސް- 

ރައީސް ޔާމިން ގެއަށް ބަދަލުކުރިކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ފަސްކޮށްދެވޭކަށް ނެތް ކަމަށް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ. 

ޕީޕީއެމުން އެންމެ ފުރަތަމަ ނެރުނު ރިޔާސީ ކެނޑިޑޭޓަކީވެސް އަބްދުﷲ ޔާމިން އެވެ. ނަމަވެސް، އީސީން ވަނީ ރައީސް ޔާމިންގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ކެނޑިޑަސީ ގަބޫލުނުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް