 
                                                                                                
                    އެގޮތުން ފިލްމީ ތަރި އަލީ ފަޒަލް އާއި އޭނާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ރިޗާ ޗައްދާގެ މިއަހަރުގެ އެޕްރީލް މަހުގައި ކައިވެނި ކުރާނެ އަޑުތައް ވަނީ އަރާފަ އެވެ. އަދި ވަރުން ދަވަން އާއި އެނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މެއި މަހު ކައިވެނި ކުރާނެ ކަމަށް ވެސް ވަނީ އަޑުތައް އަރާފަ އެވެ.
ނަމަވެސް މި ދެ ކައިވެނި ވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކޮށްފައިވާ ކަމަށް ނޫސްތަކުން އަންނަނީ ބުނަމުންނެވެ. އެކަމާ ގުޅޭގޮތުން ފަންނާނުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފަޒަލް އާއި ރިޗާ އަދި ވަރުން އާއި ނަތާޝާގެ އިތުރުން މިއަހަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓު ވެސް ކައިވެނި ކުރާނެ ކަމަށް އަޑުތައް އަރާފައިވާއިރު އެކައިވެނިވެސް ފަސްކުރާނެ ކަމަށް ބެލެވެ އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ބޮލީވުޑުގެ ގިނަ ފަންނާނުން މިހާރު ތިބީ ހޯމް އައިސޮލޭޝަނުގަ އެވެ.