ޕީކް ގަޑިތަކުގައި ގަޑިއަކު 100 ގިނިހިލަފެނުމަކީ ވެސް އެކަށީގެންވާކަމެކެވެ.
ގިނިހިލަ ބަލާލަން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ދަންވަރު ފަހުން، އުޑުމަތި އަނދިރިވެ، ހަނދުގެ އަލި މަޑުވާ ވަގުތެވެ.
ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މި މީޓިއޯ ޝަވާ ބަލާލެވޭނެއެވެ.
ގިނިހިލަތައްް ބަލާލުމަށް ހާއްސަ އެއްވެސް ސާމާނެއް ބޭނުން ނުވާނެއެވެ. އަނދިރި ތަނެއް ހޯދައިގެން ގިނހިލަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.
"ޕާސެއިޑްސް މީޓިއޯ ޝަވާ" އަންނަނީ ދުނިޔެ ކޮމެޓް ސްވިފްޓް-ޓަޓަލްގެ ޑެބްރިސް ޓްރެއިލް ތެރެއިން ފާއިތުވެގެން ދިއުމުންނެވެ.
މިއީ ކޮންމެ 133 އަހަރަކުން އަންނާނެ އިވެންޓެކެވެ.