ads
ޔާމީން
ޔާމީންގެ ޝަރީއަތެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި
ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގެ ތެރެއިން، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހު ހެނދުނު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ފުއްގިރި މައްސަލައިގެ އަޑު އެހުމެއް ހޯމަ ދުވަހު ހެނދުނަށް މި ތާވަލު ކުރީ، އެންމެ ފަހުން އޮތް އަޑު އެހުން، ރައީސް "ޔާމީންގެ ހާލުކޮޅު ހުރި ގޮތުން" ކެންސަލް ކޮށްފައި އޮތުމަށް ފަހުއެވެ. އެންމެ ފަހުން އޮތް އަޑު އެހުން ކެންސަލް ކުރީ ޔާމީންގެ އެދިވަޑައިގަތުމަށެވެ. އޭގެ ކުރިން ބާއްވަން މަސައްކަތް ކުރި އަޑު އެހުންވެސްވީ ކެންސަލްއެވެ.

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކި ބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ޝަރީއަތަށްވަނީ އައިސްފައެވެ.

ފުއްގިރި މައްސަލައިގެ އަޑު އެހުމެއް ހޯމަ ދުވަހު ހެނދުނަށް ތާވަލު ކުރެވުނުއިރު، މި ފަހުން ސުޕްރީމް ކޯޓުންވަނީ ރައީސް ޔާމީނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅާފައެވެ. އަދި ހައިކޯޓުން އާދިއްތަ ދުވަހު ވަނީ، ކުރިން ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ނުކުރެވޭނެ ކަމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް