ads
ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީފައިވް މޮނިޓަރު ތައާރަފުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ - ފޮޓޯ:އެސްޓީއޯ
ޖަޕާންގެ ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީފައިވް މޮނިޓަރު ތައާރަފުކޮށްފި
ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި  ޖަޕާނުގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑުގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ތައާރަފުކޮށްފިއެވެ.

ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ މި ރަސްމިއްޔާތުގައި ހެލްތްގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި ނިހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫތަކުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމަންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމަންޓްތަކެއް ކަމަަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ރާއްޖެއަށް އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން އެ ކުންފުނިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް  ހާއްސަ ތަމްރީނު ޕްރޮގްރާމެއް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމުގައެވެ.

މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރުގެ ފީޗަސްތަކާއި އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް