ads
މިލިޓާއޯއަށް އަނިޔާވުން
ރެއާލް މޮޅުވިޔަސް އަނިޔާގެ މައްސަލަ ބޮޑު
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި ނަމަވެސް އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި ރެއާލް ވަނީ އެތުލެޓިކް ބިލްބާއޯ އާއި ވާދަކޮށް 2-0 ން މޮޅުވެފައެވެ. މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ ބޮރޫޝިޔާ ޑޯޓްމަންޑުން މި ސީޒަނުގައި އެޓީމަށް ގެނައި ޖޫޑް ބެލިންހަމްއެވެ. 

މެޗުން މޮޅުވި ނަމަވެސް ޓީމުގެ އެންމެ މުހިންމު އެއް ޑިފެންޑަރު އެޑާ މިލިޓާއޯއަށް އަނިޔާވުމަކީ އެޓީމަށް ލިބުނު ބޮޑު ހާސްކަމެކެވެ. އޭނާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެގެން މެޗު ނުނިމެނީސް ވަނީ ބަދަލުކުރަން ޖެހިފައެވެ. މެޗަށްފަހު ރެއާލްއިން ބުނީ ވަރަށް އަވަހަށް މިލިޓާއޯ ސާޖަރީ ހަދާނެ ކަމަށެވެ. 

ރެއާލްގެ އެއް ނަންބަރު ގޯލް ކީޕަރު ތިބާއޯ ކޯޓުއާވެސް ކުޅުމާއި ދުރުގައި ހުރީ ކަކުލަށް އަނިޔާވެގެންނެވެ. 

އުމުރުން 25 އަހަރުގެ ޑިފެންޑަރަށް އަނިޔާވުމާއެކު ޓީމުގައި މިވަގުތު ފިޓްކޮށް ތިބީ ތިން ސެންޓްރަލް ޑިފެންޑަރުންނެވެ. އެއީ ޑޭވިޑް އަލަބާ، އެންޓޯނިއޯ ރުޑިގާ އަދި ނާޗޯއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް