ads
ކެނދިކުޅުދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ދިވެހި ހަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ގާސިމް - ފޮޓޯ:ރައީސް އޮފީސް
193 މިލިއަނަށް ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް
ނ. ކެނދިކުޅުދޫގައި 193 މިލިއަން ރުފިޔާއަށް ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފިއެވެ.

ހޮސްޕިޓަލުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ކެނދިކުޅުދޫއަަށް ވަޑައިގެން އެ ރަށުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ދިވެހި ހަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ގާސިމެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެ ރަށުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާއި އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.

your imageކެނދިކުޅުދޫ ހޮސްޕިޓަލު: 30 އެނދުގެ ހޮސްޕިޓަލު މަޝްރޫއަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ - ފޮޓޯ:ރައީސް އޮފީސް

ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން އެކަމަޑޭޝަން ބިލްޑިން އާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ސާވިސަސް ބިލްޑިންއެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ 30 އެނދުގެ ހޮސްޕިޓަލު މަޝްރޫއަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް