ads
ރައީސް ނަޝީދު:
މުއިއްޒު ވެރިކަމަށް އައިސްފި ނަމަ އަޅުގަނޑަށް ޖެހުނު ހާލު ޔާމީނަށް ޖެހޭނެ: ނަޝީދު
ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައިސްފިނަމަ ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހުދު އޭނާ( ރައީސް ނަޝީދު ) ޖެހުނު ހާލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ ޖަލްސާގައި ރައީސް ނަޝީދުވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެކި ތުހުމަތުތައް ކުރައްވާފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހުދު ރައީސް ނަޝީދަށް ވެސް ޖެހިވަޑައިގެންނެވި ހާލުކޮޅު ކަމަށާއި، ވެރިކަމުގެ އެއްވެސް ކަމަކަށް ހިޔާލު ދެއްވުމުގެ ފުރުސަތު ޔާމީނަށް އޭރުން ނޯންނާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ދެން އޭގެ މިސާލު އިތުރަށް ދުރަކަަށް ދާކަށް ނުޖެހޭނެ މިހިރީ. ދެން ރައީސް ޔާމީނަށް ވާނެ ގޮތް. ބާކީކުރުން، ވެރިކަމުގެ ކަންކަމުން ދުރުކުރުން، އެންމެ ފަހުން އައިސް މަރުގެ ތުންފަތް މައްޗަށް އައުން،" -ރައީސް ނަޝީދު-

ހަމައެއާއެކު، މުއިއްޒުގެ ސަރުކާރެއްގައި ގެއްލުން ވާނީ ހަމަ އެކަނި ރައީސް ޔާމީނަކަށް ނޫންކަމަށާއި، މުޅި ރާއްޖެއަށް ވެސް އޭގެ ގެއްލުންވާނެ ކަމަށް ތުހުމަތުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެދުވަހަކުން ރައްޔިތުންގެ އަތުން ރާއްޖެ ބީވެގެންދާނެކަމަށެވެ.

"އަދި އަޅުގަނޑުމެން އަތުން ދިވެހި ރާއްޖެ ބީވެގެންދާ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅައި ދިއުން. މިމަގަށް އަޅުގަނޑުމެން ދީލާލުން،" - ރައީސް ނަޝީދު -

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ކުރެއްވި ތުހުމަތުތަކާއެކު އެ ޕާޓީގެ މެމްބަރުންނަށް ރައީސް ނަޝީދު ގޮވައިލެއްވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދުކުރެއްވުމަށެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް