ads
ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު---ފޮޓޯ: ދައުރު
މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކޮށްފިއެވެ.

ދާއިމީ ލިސްޓްގެ އިއުލާނާއި އެކު ހައުސިންގް މިނިސްޓްރީން ބުނީ ދާއިމީ ލިސްޓްގައި "ފުރަތަމަބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަކީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތަ ކަމަށެވެ.

އަދި ދާއިމީ ލިސްޓްގެ "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެއް ކަމަަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން "ފުރަތަމަ ބުރުގައި ގޯތި ލިބޭ"  ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން މި މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި، ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ގޯތީގެ ކަންކަން ހަމަޖެއްސުމާއި ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީއާއިންވެސް ކުރިއަށް ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައިގެން ޝަރުތު ފުރިހަމަވި ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުރުއަތުލުން މާދަމާ އޮންނާނެއެވެ. 

ސަރުކާރުން ބުނި ގޮތުގައި ސިންގަލް އެޕްލިކަންޓުގެ ގޮތުގައާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭހެން ފޯމް ހުށަހެޅި ކަމުގައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމް ކަމަށާއި އެއީ 19،858 މީހުން ކަމަށް ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް