ads
އިލްޔާސް ލަބީބް: ފޮޓޯ ދަ ޑިމޮކްރެޓްސް
ވިލިގިލީގައި 300 ހައުސިން ޔުނިޓް ގާއިމް ކޮށްދޭނަން: އިލްޔާސް
އެ މަނިކުފާނުގެ ވެރިކަމެއްގައި ގއ. ވިލިގިލީގައި 300 ހައުސިން ޔުނިޓް ގާއިމް ކޮށްދޭނެ ކަމަށް ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
Advertisement

އިލްޔާސް މިހެން ވިދާޅުވީ ބޯހިޔާވަހި ކަމުގެ މައްސަލައަކީ ވިލިގިލީގައިވެސް ވަރަށްބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރަމުންނެވެ. ވިލީގިލީގައި ވެސް ބިންހިއްކާފަ އެބަ އޮތް ކަމަށާއި، ނަމަވެސް އެ ބިމުގެ ބޭނުން އޮތީ ނުކުރެވިފައި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެއްގެއެއްގަ އެއް ކޮޓަރިހަދައިގެން ހަތަރު ފަސް އާއިލާ އެބައުޅޭ. މިމީހުންނަށް ފަސޭހަ ކަމާއި އަރާމުގައި ދިރިއުޅެވޭނެ ގޮތެއް ހޯދަންޖެހޭ،" -އިލްޔާސް-

އިލްޔާސް އިތުރަށް ވިދާޅުވީ މިހާރު ވިލިގިލީގައި ހިއްކާފައިވާ ތަނުގައި ފެނާއި ނަރުދަމާއާއި، އިންޓެނެޓާއި، ކޭބަލްޓީވީއާއި، މަގުތަކާއި އެކީ 300 ހައުސިން ޔުނިޓް އަޅާއިދޭނެ ކަމެށެވެ.

އެ މަސައްކަތް ކޮށްދޭނީ ކައުންސިލް އާއި އެކުގައި ކަމަށާއި، ކުރިއަށްދާނީ ކައުންސިލްއަށް އާމްދަނީ ވަންނާނެ ގޮތަށް ކަމަށެވެ. ހައުސިން ޔުނިޓްތައް އެޅުމަށްފަހު މާލޭގައި ހުންނަ ކުންފުއްޏަކާއި ހަވާލު ކުރެވޭ ކަމަށާއި، އެގޮތަށް ހަވާލު ކުރުމަކީ އެބޭފުޅާގެ ވެރިކަމެއްގައި ކުރާނެ ކަމެއްނޫން ކަމަށެވެ. 

"ޝީޓް ބޮލަށް ވެއްޓުނަސް. ބޮލަށް ފެންފައިބައިގެން ދިޔަޔަސް. ބަލައްޓާނެ އަޅާލެވޭނެ ގޮތެއް ނޯވޭ. އޭގެ މިލްކުވެރިކަން ބެލެހެއްޓުމާއި މިލްކުވެރިކަން ބަލައްޓަން ޖެހޭނީ ކައުންސިލުން. މިރަށުގެ ކައުންސިލުން އެތަންތައް ބެލެހެއްޓޭނެ ފައިސާ ކައުންސިލާ ހަވާލުކޮށްފަ ބަހައްޓާނީ،" -އިލްޔާސް-

އެތަނުގައި ފީ ދައްކަންޖެހޭނީ ކައުންސިލުން ކަމަށާއި، ލިބޭފައިސާތައް ވެސް ލިބެންޖެހޭނީ ކައުންސިލަށް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ކައުންސިލަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުން ހިންގުމަށް ވެރިކަމެއް އަންނައިރު ކައުންސިލްތަކާއި އެކު މަސައްކަތް ކުރެވެން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް