ads
ރ. ފުއްގިރި
ފުއްގިރި ކުއްޔަށްދިނީ ވަރަށް ކުޑަ އަގަކަށް: ހެކިވެރިއެއް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިމެނޭ، ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ބުނެ ހެކިބަސް ދިނީ ފުއްގިރީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާގައި އޭރު ހަރަކާތްތެރިވި އަދއެމްއެމްޕީއާރުސީގެ އޭރުގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝިފާއު އެވެ. އޭނާ ހެކިބަސްދިނީ މެލޭޝިޔާގައި ހުރެގެންނެވެ.

ހެކިބަސް ދެމުން އޭނާ ބުނީ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް ދިޔައިރު އޮތީ ފުރަތަމަ އެރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއް ކަމަށެވެ. އޭނާ ބުނިގޮތުގައި އޭރު ޑިމާންޑް އޮތް މިންވަރަށް ބަލާއިރު ތިން މިލިއަން ޑޮލަރަށް އެރަށް ކުއްޔަށް ދެވޭނެ އެވެ. ސަބަބަކީ ރ. އަތޮޅާއި ބ. އަތޮޅާއި ފ. އަތޮޅުގެ ރަށްރަށަކީ އޭރު ޑިމާންޑް ބޮޑު ރަށްރަށް ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ. އަގު ކުޑަވީ ކިހާ މިންވަރަކަށް ކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް