ads
ރިޔާޒު ރަޝީދު...
ރިޔާސީ އިންތިޚާބަށް ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ޖޭޕީން ބޮއިކޮޓްކޮށްފި
ރިޔާސީ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ޖޭޕީން ބޮއިކޮޓް ކޮށްފިއެވެ.
Advertisement

މިއަދު އިލެކްޝަން ކޮމިޝަނުން ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ އެ ބައްދަލުވުން ބޮއިކޮޓް ކޮށްފައިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓް ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ. 

އެއީ ގައުމީ ލަފާދޭ ކޮމިޓީން ބޭއްވި ތިންވަނަ ބައްދަލުވުމެވެ. 

ރިޔާޒު އެ ބައްދަލުވުން ބޮއިކޮޓް ކޮށްފައިވަނީ އެނާ ވާހަކަ ދައްކަވަމުންދަނިކޮށް ވަގުތު ހަމަވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިމުންނެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ވަރަށްބޮޑަށް މި އިލެކްޝަނުގައި ނުފޫޒު ފޯރުވާ ކަމަށާއި، މިސާލަކަށް ކުންފުނިތަތަކުންވެސް ތިބީ މުއައްޒަފުން ދޫކޮށްފައި ކަމަށެވެ. ހާއްސަކޮށް ފެނަކަ އޮންނަނީ އެގޮތަށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. 24 ގަޑިއިރު އެ ކުންފުނިން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ކަމަށްވެސް ވެސް ރިޔާޒު ވަނީ ވިދާޅުވިއެވެ.

އަދި އެއީ ވަރަށް ފުންކޮށް ވިސްނަވަން ޖެހޭ ކަމެއް ކަމަށްވެސް ރިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

"ބައެއްފަހަރު ސިޔާސީ ޕާޓީން ދައްކާވާހަކަތަކުން ނައިބު ރައީސް އިންނަވާނީ ޕްރެޝަރުގަހެން ހީވަނީ. އެކަމަކު އަޅުގަނޑު މިދައްކާ ވާހަކަ އިން އަޑުއައްސާލެއްވިއްޔާ ރަނގަޅު." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވާހަކަދައްކަވާފައި ވަނީ އޭނާއަށް ވާހަކަދެއްކުމަށް ލިބިލެއްވި 3 މިނެޓްގެ ތެރޭގައެވެ. ނަމަވެސް ރިޔާޒު ވާހަކަ ދައްކަވަމުންދަނިކޮށް ވަގުތު ހަމަވެއްޖެ ކަމަށް ވިދާޅުވެ ވާހަކަ މެދު ކަނޑާލުމަށް އިލެކްޝަނުންވަނީ ބުނެފައެވެ. އެއާއެކު ކޮމިޓީ މެދު ކަނޑާލުމަށްފަހު ރިޔާޒު ޖަލްސާއިން ބޭރަށް ވަޑައިގެންފައެވެ.

އަޅުގަނޑު މި ކޮމިޓީއަށް އަންނާނީ އަޅުގަނޑުމެންގެ މިހެން ހުރި ކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ކޮމިޝަނުން ދެއްވަންޏާ. އަޅުގަނޑަށް ހީވަނީ ވަރަށް އަޑުއައްސަވާލެއްވުން ރަނގަޅު ވާހަކައެއްހެން މިއީ،" ރިޔާޒު

އިލެކްޝަނުން ވަނީ ދެވަނަ ފުރުސަތެއްވެސް ދެއްވާފައެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ ދެވަނަ ފުރުސަތެއް ބޭނުންނުވާ ކަމަށާއި، އެއް، ފުރުސަތު ނުލިބި ދެވަނަ ފުރުސަތެއް ބޭނުން ނުވާ ކަމަށެވެ.

އެ ކޮމިޓީއަކީ ޕާޓީތަކުގެ މަންދޫބުންނާއި ކަމާ ގުޅުންހުރި އިދާރާތައް އެކުލަވައިލައިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް