ads
އިކާއި ގުންޑޮގާން
ގުންޑޮގާންގެ ފުރަތަމަ ލަލީގާ މެޗު އެއްވަރު
ސްޕެއިންގެ ބާސެލޯނާ އާއި އަލަށް ގުޅުނު އިކާއި ގުންޑޮގާން، ލަލީގާގައި ކުޅުނު ފުރުަތަމަ މެޗުން ބާސެލޯނާ އެއްވަރުވެއްޖެއެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަންކުރި ގުންޑޮގާން ބާސެލޯނާ އާއި ގުޅުނީ މި ސީޒަނުގައެވެ. ސްޕެނިޝް ލީގުގައި އޭނާ އެންމެ ފުރަތަމަ ބާސެލޯނާއަށް ކުޅުނީ ގެޓާފޭއާއި ދެކޮޅަށެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. 

މި މެޗުގައި ގުންޑޮގާންއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ގެޓާފޭގެ ކީޕަރެވެ. އަނެއްކޮޅުން އޭނާ ހުރީ އޮފްސައިޑު ޕޮޒިޝަނެއްގައެވެ. 

މި މެޗުގައި ބާސެލޯނާގެ ރަފީނިއާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއީ ގެޓާފޭގެ ގަސްޓޯން ގައިގައި އުޅަނބޮށީިން ޖެހުމުންނެވެ. މީގެ އިތުރުން ރެފްރީގެ ނިންމުމާއި ހިތްހަމަނުޖެހި، ޝަކުވާ ކުރުމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްވެސް ވަނީ ދަނޑުން ފޮނުވާލާފައެވެ. 

އަދި ގެޓާފޭގެ ޖެމިން މާޓާއަށްވެސް ދެރީނދޫ ކާޑާއެކު ރަތް ކާޑޫ ދައްކާފައިވެއެވެ. މާޓާއަށް ރަތް ކާޑު ދެއްކީ ދެވަނަ ހާފުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް