ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ދޯނި އަޑިޔަށް ގޮސްފައިވަނީ މިއަދު މެންދުރު ވަގުތެއްގައި މުދާ ބަލާ ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.
އެއީ 'މަގުސަދު' ނަމަކަށް ކިޔާ ދޯއްޏެއް ކަމަށާއި، އެދޯނި ރަށުން ފުރައިގެންދިޔައިރު، ދޯނީގައި ދެ ސައިކަލާއި، ދެ ޓީވީ ވެސް ހުއްޓެވެ.
ހދ. ނެއްލައިދޫ "މަގުސަދު" ދޯނި
އެ ދޯންޏަކީ ގިނަދުވަސް ވަންދެން ދަތުރު ނުކޮށް އޮތް ދޯންނެއް ކަމަށާއި، ބެލެވޭ ގޮތުގައި ގިނަ ދުވަހު ދަތުރު ނުކޮށް އޮވެފައި ދަތުރު ކުރީމަ ދިމާވި ކަމެއް ކަމަށްވެދާނެކަމަށް އަހުމަދު ވިދާޅުވި އެވެ.
މިކަމުގައި ކުރިނބީ ކައުންސިލުންނާއި އެމްޓިސީސީން ވަރަށް ބޮޑު އެއްބާރުލުމެއް ދިންކަމަށާއި، އެކަމުގައި އެހީތެރިވި އެންމެނަށް ޝުކުރުވެރިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.