ads
އީޔޫގެ ވަފުދާއެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުން
ރައީސް ޔާމިން ގެއަށް ބަދަލުކުރަން ރައީސް ނަޝީދު އީޔޫގައި އެދިލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކު ޔޫރޮޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެހީއަށް އެދިވަޑައިގަތީ މިއަދު ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް އީޔޫ އިން ރާއްޖެ ފޮނުވާ ޓީމުގެ ޗީފަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރްގެ އަރިހުންނެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމިން ގެއަށް ބަދަލުކުރަންޖެހޭކަމަށެވެ. 

ނާޗޯ ސަންޗެޒް އަމޯރް މިއަދު ވަނީ ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނެރަލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. 


ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލުން ނެރެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށާއި، އިދިކޮޅު ކޯލިޝާނައެކު މަގުމައްޗަށް ވެސް ދަ ޑިމޮކްރެޓުން ނުކުންނާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ ތެރޭގައި ވިދާޅުވެފައެވެ.  ރައީސް ނަަޝީދު މިހެން ވިދާޅުވީ ފުވައްމުލަކުގައި ދަ ޑިމޮކްރެޓުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

"މި ސަރުކާރަށް ތާއީދު އޮތް ރަށަކަށް އަޅުގަނޑަށް މި ފަހަކުން ނުދެވުނު. ޕީޕީއެމްގެ ގެ ރައީސް އަބްދުﷲ ޔާމިންއާ މެދު ކަންކުރި ގޮތާއި މެދު އަޅުގަޑުމެން އެންމެން ކަންބޮޑުވޭ. އެމްއެމްޕީއާރުސީ ހިޔާނާތުގައި 273 މީހުން އެބަ ހިމެނޭ. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން، މަގުމަތީގައިވެސް ތިއްބޭނަން. ރައީސް ޔާމިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ރައީސް ނަޝީދު އެރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަގުވާމީ މުޖުތަަމައުގައި ވެސް ރައީސް ޔާމިން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެކަމަށާއި، ބައިނަލްއަގުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް