ads
ފޮޓޯ/ގޫގަލް
ލޯބީގެ ސްކޭމްތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުން އެދިއްޖެ
ސައިބާ ކްރައިމްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވަމަށް ފުލުހުން އެދިއްޖެއެވެ.
Advertisement

ފުލުހުން ބުނީ މިހާރަކަށް އައިސް ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް ހުށައެޅެމުން އަންނަ ކަމަށެވެ.

އެފަދަ ސްކޭމްތައް ހިންގާ މީހުންގެ އަނެކާގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި އެފަދަ ކަންކަންކުރަމުން ދާ ކަމަށެވެ.

އެގޮތުން އެކި ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެކި މަންސަތަކާއި ވެބްސައިޓްތައް މެދުވެރިކޮށް އެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި އަމަލުތައް ގިނައިން ހިންގާފައިވަނީ އޮންލައިންކޮށް ދުރު ގައުމުތަކުން ކަމަށާއި، ކުށްކުރާ މީހުން ފޭކް ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް ހަގީގީގަތް އޮޅުވާލާ ހިސާބަށް ކަންތައް ގެންދާކަމަށްވެސް ބުނެފައިވެއެވެ.

"ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، ސްކޭމްކުރާ މީހުން މަޖުބޫރު ކުރޭ. ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތައް ބުނެވެސް ހަދާ،" -ފުލުހުން-

މީގެ އިތުރުން ބައެއް ހާލަތްތަކުގައި ލޯބީގެ ސްކޭމްތަކުގައި ޖެހޭ މީހުން ލައްވާ މަނީ ލޯންޑާ ކުރާ ހާލަތްތައް އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން ސްކޭމް ކުރާ މީހާގެ ފަރާތުން ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، ސްކޭމްގެ ޝިކާރައަކަށްވާ މީހާ ލައްވައި އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުވާ ކަމަށާއި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއަށް ވެދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހު 'ލޯބިވެރިޔާ' ވަކި ހިސާބަކުން ވާހަކަ ދެއްކުން ހުއްޓާލައި، އެކައުންޓު ވެސް ގެއްލޭކަމަށެވެ. ފުލުހުން އެދިފައިވަނީ އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވަމަށާއި، ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރަންވާންޖެހޭ ކަމަށެވެ.

ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ކަމަށެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށްވެސް ފުހުންވަނީ ބުނެފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް