ads
އުމުރާއަށް ދިވެހިންތަކެއް ފުރަނީ--- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އުސޫލާއި ހިލާފަށް ކުންފުނިތަކުން އުމުރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނަން: މިނިސްޓްރީ
ކުންފުނިތަކުން ވިޔަފާރި އުސޫލުން އުމުރާ އަށް މީހުން ގެންދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް އިސްލާމިކް މިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން އުމުރާ އަށް މީހުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުޏްޏަކުން އެއްވެސް ބަޔަކު ގެންދިއުމަކީ މަނާކަމެއް ކަމަށެވެ.

މިނިސްޓްރީގެ އުސޫލާއި ހިލާފަށް މީހުން އުމުރާ އަށް ގެންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ބަލާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"އުސޫލުގެ ދަށުން މީހުން އުމުރާއަށް ގެންދެވޭނީ ޖެހިޖެހިގެން ދެ އަހަރުދުވަހުގެ މުއްދަތަކަށް. އުމުރާ ހުއްދައިގެ މުއްދަތު ނުވަންނަ އުމުރާ ދަތުރުތަކަށް މީހުންގެ އަތުން އެޑުވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާއި ހިލާފު ކަމެއް." މިނިސްޓްރީ

އަދި އިތުރަށް ބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީގެ އެންގެވުމާއެކު، އުސޫލާއި ހިލާފަށް އެއްވެސް ފަރާތްތަކުން އަމަލު ކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެފަރަތަކުން ކަމަށާއި، އެކަމަށް ރައްޔިތުންވެސް ސަމާލުވެތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތައް މިނިސްޓްރީގެ ވެބްސައިޓްތަކުގައި އާންމު ކުރެވިފައިވާނެ ކަމަށާއި، އެއްވެސް ކުންފުންޏަކަށް އުމުރާގެ އަޅުކަމަށް ދިއުމަށް ފައިސާ ނުދެއްކުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް