ads
މާރިޔާ :ފޮޓޯ މަޖިލިސް
މުއިއްޒު އަކީ "ޕީއެންސީ-ސަލަފް" ކެނޑިޑޭޓެއް: މާރިޔާ
އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަކީ "ޕީއެންސީ-ސަަލަފް" ކެނޑިޑޭޓެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. 

މާރިޔާ ވިދާޅުވީ "ޕީއެންސީ-ސަލަފް" ކެނޑިޑޭޓަކަށް މުއިއްޒު ވަނީ ސަލަފްގެ ފަހަރަކު ބޭފުޅަކު ވަޑައިގެން މުއިއްޒުއަށް ތާއީދު ކުރަމުން ގެންދާތީކަމަށެވެ. 

"ސަލަފްގެ ހުރިހާ ބޭފުޅުން, ފަހަރަކު ބޭފުޅެއް ވަޑައިގަންނަވަނީ މުއިއްޒުއަށް ތާއީދު ކުރައްވަމުން. އެ ބޭފުޅުން ތާއީދު ކުރައްވައި އެންޑޯޒް ކުރައްވާ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ވިދާޅުވަމުން," އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ މޭމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ވަނީ ގޮވާލައްވާފައެވެ. 

އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ. 

ސަލަފަކީ ދީނީ ޖަމިއްޔާއެއްގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެއް ނަމަވެސް، އެ ޖަމިއްޔާއިން ވަނީ 2018 ވަނަ އަަހަރު ވެސް ޕީޕީއެމްގެ ކެނޑިޑޭޓު އަދި މިހާރު މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައީސް އަބްދުﷲ ޔާމިންއަށް ތާއީދު ކުރަން ނިންމާފައެވެ. އަދި ސިޔާސީ ގިނަ ކަންތައްތަކެއްގައި އެ ޖަމިއްޔާއިން އަބަދުވެސް އަޑު އުފުލައެވެ. 

ގާނޫނުގައި ބުނާ ކަންކަން ހަމަނުކުރާތީ ޔޫތް މިނިސްޓްރީން ދާދިފަހުން ސަލަފް އުވާލަންވެސް އިއުލާނުކުރިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް