އޭނާއަށް ސީޒަނުގެ ބޮޑު ބައެއް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ފައިގެ ފަލަ މަސްގަނަޑަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ހަތަރު މަސް ދުވަހު އޭނާ ކުޅުމާއި ދުރުގައި މަޑުކުރުން ޖެހޭނެ ކަމަށް ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
އުމުރުން 32 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައެވެ. ބާންލީއާ ވާދަކުރި މި މެޗުގެ 23 ވަނަ މިނެޓުގައި އޭނާއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
ޑިބްރޭނާއަށް ވަނީ މިދިޔަ ޖޫން މަހު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައިވެސް އަނިޔާވެފައެވެ. އަނިޔާވީ މމިފަހަރުވެސް އަނިޔާވި މަސްގަނޑަށެވެ.
މި ހުރިހާ ކަމަކާއެކު އޭނާ ސާޖަރީ ކުރަން ޖޭހެނެ ކަން ނުވަތަ ނޫންކަން ވަރަށް އަވަހަށް ނިންމާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.