ads
ހުޅިދޫ ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް
ވ. ހުޅިދޫގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ނިންމައިފި
ވ. ހުޅިދޫ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހު ވ. އަަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ތަރައްގީ ކުރުމަށް ރައީސް ވައުދުވެ ވަޑައިގެންފައިވާ ޕިކްނިކް އައިލެންޑު ހެދުމަށް އެންމެ ރަނގަޅު ރަށަކީ ވ.ހުޅިދޫ ކަމަށް ނިންމާ ކަނޑައަޅާފައެވެ.

އެ ނިންމުން ނިންމާފައިވަނީ ފެލިދެ އަތޮޅުގެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓް ދެއްވި ތިން މެމްބަރުންގެ އައުލަބިއްޔަތުން ފާސްކުރެވިގެންނެވެ. 

ވ. އަތޮޅުގެ ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިދައުރު ނިމުމުމާއި ކައިރިވެފައިވާ އިރުވެސް ޕިކްނިކް އައިލެންޑެއް ހެދޭ ގޮތް ވަނީ ނުވެފައެވެ. 

އެކަމާއި ގުޅިގެން އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް، ވ. އަތޮޅަށް ވެފައިވާ ވައުދު ފުއްދުމަށް، އެ އަތޮޅުގެ މެޖޯރިޓީން ވަކި ރަށެއް ކަނޑައަޅައިދެއްވުމަށް ރައީސް ވަނި އެދިލައްވާފައިވާފައެވެ. 

އެގޮތުން އެ ކައުންސިލުން ނިންމީ ހުޅިދޫ އެ ރަށަކީ ހުޅިދޫ ކަމަށެވެ.

އެ ނިންމުން އެ ކައުންސިލުން މިއަދު ނިންމާފައިވާއިރު، 20 ޖުލައިގައި އެކައުންސިލުންވަނީ ކައުންސިލްގެ ބަހެއް ނުހޯދާ މަައުލޫމާތުވެސް ނުދޭތީ ކަމަށްބުނެ، އިހުތިޖާޖު ކުރުމުގެ ގޮތުން ކައުންސިލްގެ މަސައްކަތްތައް ހުއްޓާލުމަށްވެސް ފާސްކޮށްފައެވެ.

އޭރު އެ ކައުންސިލުން ބުނެފައިވަނީ އަތޮޅު ކައުންސިލަށް ލިބޭ ބާރު ކަނޑުވާލާ ވ. އަތޮޅުގެ މަސްލަހަތު ހިމެނޭ ކަންކަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް