ads
މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްއާ ދެމެދު ފަހުމު ނާމާއެއްގައި ސޮއިކުރުން ....
މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ގާނޫނީ އެހީ ހިލޭ ފޯރުކިށްދެނީ: ބީސީއެމް
މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ޒުލޭހާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް(ބީސީއެމް) އާ ދެމެދު ފަހުމު ނާމާއެއްގައި ރޭ ސޮއިކޮށްފިއެވެ.
Advertisement

ބީސީއެމް އިން ބުނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ހަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި، މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި އެ ފަހުމުނާމާގެ މަގްސަދަކީ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ހަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތައް މުޖުތަމައުގައި އިތުރުވަމުންދަތީ އެކަމުން އަންހެނުން ސަލާމަތް ކޮށް އާމާންކަން ގާއިމްވެފައިވާ މުޖުތަމައުއަކަށް ހެދުން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މާލީ ތަނަސްކަން ނެތުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައްޔާއި އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.

އެ ގޮތުން މި ބާވަތުގެ މައްސަލަތަކުގެ ތަހުގީގައި ކޯޓު މަރުހަލާގައި ބޭނުންވާ ގާނޫނީ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

77%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް