ads
ރައީސް ސާލިހު އއ.ބޮޑުފުޅަދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ވަގުތު
ބޮޑުފުޅަދޫ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް
މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި، އއ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާއި ޕީޕީއެމް ޓިކެޓްގައި އެރަށު ކައުންސިލް އަށް އިންތިހާބުވި މުހައްމަދު ނާޝިދު އެމްޑީޕީއަށް ސޮއި ކުރެއްވުމާއެކު، އއ. ބޮޑުފުޅަދޫގެ މެޖޯރިޓީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެއެވެ.

މި ދެބޭފުޅުންވެސް އެމްޑީޕީއަށް ސޮއި ކުރައްވާ، މެމްބަރޝިޕް ފޯމް ހަވާލުކުރެއްވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ބޮޑުފުޅަދޫ އަށް ވަޑައިގެންނެވުމުންނެވެ.

ޝުޖާއު އާއި ނާޝިދު އެމްޑީޕީއަށް ސޮއި ކުރެއްވުމާއެކު، އެރަށު ކައުންސިލްގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނާއެކު، އެރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީއެވެ. ބާކީ ތިއްބެވި ދެ މެމްބަރުންނަކީ މިނިވަން ދެ މެމްބަރުންނެވެ. 

މީގެ އިތުރުން ރައީސް މިއަދު ބޮޑުފުޅަދޫއަށް ވަޑައިގަތުމުން, އެރަށުން އަލަށް އެމްޑީޕީއަށް ސޮއި ކުރެއްވި 63 މެމްބަރުންގެ ފޯމު ވެސް ވަނީ އެމަނިކުފާނަށް އަރުވާފައެވެ.

އއ.ބޮޑުފުޅަދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންދިޔައިރު، އެރަށުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ފެށިގެން ދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ މިއަދު ވިދާޅުފައެވެ.

ރޭގެ ވަގުތެއްގައި، ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން އެސިޓީ ކައުންސިލްގެ އެހެން މެމްބަރުންވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް