ads
އަމާން މުޖުތަމައު ސިޔާސަތުި ރައީސް މިރޭ އިފްތިތާހުކޮށްދެއްވަނީ---
ތަރައްގީގެ ސިޔާސަތެއް އޮތީ އަޅުގަނޑުމެންގެ އެކަނި: ރައީސް ސޯލިހު
ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއަށް ތަރައްގީގެ ގެންނާނެ ގޮތުގެ ސިޔާސަތެއް ރައްޔިތުންނަށް ގެނެސްދެނީ ހަމައެކަނި އެމްޑީޕީ ކޯލިޝަނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދސު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ.އުކުޅަހުގައި ރައީސް ސޯލިހުގެ މެނިފެސްޓޯގެ އަމާން މުޖުތަމައު ތައާރަފު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ބެލި ނަމަވެސް ކޮންމެ ރަށަކުން ވެސް މިއިން ޒަމާނެއްގައި ނާންނަ ވަރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ މަންޒަރު ފެންނާނެ ކަމަށެވެ. 

ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ ސިޔާސަތެއް ހަމައެކަނި ގެނެސްދޭ ފަރާތަކީ އެމަނިކުފާނުގެ ކޯލިޝަން ކަމަށާއި ވެރިކަން ބަދަލުވެއްޖެ ނަމަ މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުއްޓިދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އިގުތިސާދީ ބޮޑު ބަދަލުގެ ބިންގާ އަޅަމުންދާ ކަމަށާއި އެ ބިންގާ ފުރިހަމަ ކުރުމަށް އަދި ވަގުތު ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އިގުތިސާދީ ބޮޑު ބަދަލެއްގެ ބިންގާ އަޅުގަނދުމެން މިއަންނަނީ އަޅަމުން. މިކަން އެއްކޮށް ނިންމާލެވޭނީ އަޅުގަނޑުމެންނަށް އަދި ދުވަސްކޮޅެއް ލިބިގެން. މިކަންކަން ކުރިއަށް ނުގެންދެވޭނެ އަނިޔާވެރިކަމަށް އަނބުރާ ދާން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެސް ދިވެއްސެއް ބޭނުން ނުވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިގެން މިދާ ފަސް އަހަރުގެ ދައުރުގައި ރާއްޖެއަށް ބޮޑުތަނުން ހަމަޖެހުމާއި ހަމަހަމަކަން ގެނެވި އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ފުރިހަމަކޮށްދެމުން ގެންދަވާ ކަމަށެވެ. 

މުޖުތަމައުގެ އަމާންކަން ގާއިމު ކުރުމަށް ގެންނަން ޖެހޭ ނިޒާމީ ބައެއް ބަދަލުތަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަދިވެސް އެބަހުރިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހުވަނީ އެ ކަންތައްތައް ކުރިއަށް އޮތް ދައުރުގައި ފުރިހަމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހުވަނީ ކުރިއަށް އޮތް ދައުރުގައި އުކުޅަހަށް ކޮށްދެއްވާނެ ކަންތައްތައް ވެސް އިއުލާން ކުރައްވާފައެވެ. އެއީ: 

1. ފްލެޓު އެޅުން،

2. ނުހެދި ބާކީ ހުރި މަގުތައް ހެދުން،

3. ކައުންސިލާއި އެހެނިހެން އޮފީސްތައް ހިނގުމަށް އޮފީސް ކޮމްޕްލެކްސްއެއް އެޅުން،

4. ޕިކްނިކް އައިލެންޑެއް ތަރައްގީކޮށް ދިނުން،

6. ސީޕްލޭން ޕްލެޓް ފޯމެއް އެޅުން،

7. ސަރަހައްދީ ފެންވަރުހގެ ރަނގަޅު ހޮސްޕިޓަލެއް އެޅުން. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް