އަމާން މުޖުތަމައު: ކުށުގެ ވެށިން ދުރުކޮށް، ފާރަވެރިވުމާއި ފަރުވާގެ ނިޒާމް
މުހައްމަދު އަތީފް
17 އޯގަސްޓް 2023 - 01:31:14
ކުށުގެ ވެއްޓާ ދުރުކޮށް، އެ ވެއްޓަށް ފާރަވެރިވެ، ކުށަށް ޒިންމާ ނަގައި ފަރުވާ ފުރިހަމަކުރެވޭނެ ގޮތްތަކާ އެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިންވަނަ ސިޔާސަތު 'އަމާން މުޖުތަމައު' އިފްތިތާހު ކުރައްވައިފިއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހުގެ މެނިފެސްޓޯގެ ތިންވަނަ ސިޔާސަތު އިފްތިތާހުކޮށްފައިވަނީ އަރިއަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިރޭ އުކުޅަހުގައި ބޭއްވި ބޮޑު ޖަލްސާގައެވެ.
'އަމާން މުޖުތަމައު' ސިޔާސަތުގެ ދަށުން މައިގަނޑު ތިން ކަމެއް ކުރުމަށް ކަނޑައަޅާފައިވެއެވެ.
ކުށުގެ ވެށިން ދުރުކުރުން:
- އިންޓަ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާ، ކުށުގެ ވެށިން ދުރު ކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރެވޭނެ
- އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެދުވެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހާލަތު ދެނެގަނެ، އިދާރާތައް ގުޅިގެން އިންތިޒާމުތައް ގުޅުވާލާ، އިޖުތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލު ހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރާނެ
- ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް
- ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ، ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުން ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒުކުރާނެ
- ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން މަލްޓިސްޓޭކްހޯލްޑަ ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރާނެ
- މިއަދުގެ ހާލަތާ ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ
- ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ ފަރާތްތަކަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަން އަދި ފެމިލީ-ސެންޓަޑް އެޕްރޯޗް ބޭނުންކުރާނެ
- ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ
ކުށުގެ ވެއްޓަށް ފާރަވެރިވުން:
- އިތުބާރުހުރި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރާނެ
- ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، ވަށައިގެންވާ މާހައުލަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހަދާނެ
- އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަވައިލަންސް ނިޒާމު ގާއިމުކުރާނެ
- ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަވެއިލަންސް އާލާތްތައް ތައާރަފުކުރާނެ
- އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފާނެ
- ސައިބަ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބަ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ
- ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރާނެ
- ސްކޭމް، ފްރޯޑު އަދި އިގުތިސޯދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ
ކުށަށް ޒިންމާނެގުމާއެކު ފަރުވާ
- ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށް ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާ އެކު، އެކަމުން ދުރުވުމަށް އާއިލާ އާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށް ހަދާނެ
- ކުށަށް ޒިންމާވާން ޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެ
- ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރާނެ
- ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކްރިޓިކަލް އިންފްރާސްޓްރަކްޗަ އެސެސްމަންޓެއް ހެދި، ހުރިހާ ދާއިރާއެއްގައި ކްރިޓިކަލް އިންފްރާސްޓްރަކްޗަ ގާއިމުކުރާނެ
- އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ރިހެބިލިޓޭޝަން ސެންޓަރުތަކުގަ އާއި ޖަލުތަކުގައި ފުރިހަމަކުރާނެ
- ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބާވަތްތަކުގެ ކުށަށް އަރައިގަނެވޭ ފަރާތްތަކަށް އަމާޒުކޮށް ޕަޕެޓްރޭޓަ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނެ
- ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި އެމީހަކަށް ބޭނުންވާނެ ޕިއަ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީ އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށް ހަދާނެ
ރައީސް ސޯލިހު ގެންދަވަނީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ސިޔާސަތުތައް އެކި ރަށްރަށުގައި އިފްތިތާހު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް އުފާވެރި ދިރިއުޅުމާއި އާ ޒުވާނުންގެ ޖީލުގެ ސިޔާސަތު ވަނީ އިފްތިތާހު ކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް