ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓްގެ ގުރުނެގުން - ފޮޓޯ:ސީއެންއެމް
ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން އޮންނާނީ ހަމައެކަނި ގަލޮޅު ދަނޑުގައި
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭފަރާތްތަކަށް ލިބޭ ގޯތީގެ ގުރުނެގުން އޮންނާނީ ހަމައެކަނި ގަލޮޅު ދަނޑުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުނެގުމަށް މިހާރު ހަމަޖެހިފައިވަނީ ހަމައެކަނި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކަމަށެވެ.

ކޮންމެ ފަރާތަކުން ވެސް 'ގެދޮރުވެރިން ޕޯޓަލް' އަށް ލޮގިން ކޮށްފައި އެފަރާތަކަށް ގުރުނެގުމަށް ދާން ޖެހޭ ގަޑި ބަލައި، އެފަރާތެއްގެ ފޯމުގެ ބައިވެރިންގެ ތެރެއިން އެއް ފަރާތަކުން ނުވަތަ ފޯމްގައިވާ ފަރާތްތަކުން ކަނޑައަޅާ ފަރާތެއް ގުރުނެގުމަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަލޮޅު ދަނޑުގައި ގުރުނެގުމަށް ހާއްސަކުރެވިފައިވާ ތަނަށް ހާޒިރުވުމަށް އެދޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ގުރުނެގުމަށް ހާޒިރުވާނެ ތަނާއި ވަގުތު ގޯތި ލިބޭ ފަރާތްތަކުން 'ގެދޮރުވެރިން ޕޯޓަލް' އަށް ވަނުމުން ފެންނާނެ ކަމުގައެވެ. ގޯތި ލިބޭ ފޯމުގެ އެއްވެސް ބައިވެރިއަކަށް ގުރުނެގުމަށް ހާޒިރުވެވެން ނެތްނަމަ ގުރުނެގުމަށް ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް