ރައީސް ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ އިސް މެންބަރަކު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އީޔޫއިން އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް ރައީސް ޔާމީން ދެކެވަޑައިނުގަންވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އެ މެންބަރު ނުދެއްވައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރުމަށް، ޔޫރޮޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް އީޔޫ އިން ރާއްޖެ ފޮނުވާ ޓީމުގެ ޗީފަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރްގެ އަރިހުންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމިން ގެއަށް ބަދަލުކުރަންޖެހޭކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލުން ނެރެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށާއި، އިދިކޮޅު ކޯލިޝާނައެކު މަގުމައްޗަށް ވެސް ދަ ޑިމޮކްރެޓުން ނުކުންނާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ ތެރޭގައި ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވިއެވެ.