ads
މުއިއްޒު ކުޑަހުވަދޫގައި
ބޮޑު ޗުއްޓީ ޑިސެންބަރަށް ބަދަލު ކުރާނަން: މުއިއްޒު
ސުކޫލްގެ ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއް ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭ ސަރުކާރެއް ނޫން ކަމަށެވެ. 

ރައްޔިތުންނަށް ދަތިވަނީ ކޮން ކަމެއްތޯ މި ސަރުކާރަކުން ނުބަލާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އުސޫލުތައް ހުރީ މަތިން ތިރިއަށެވެ. އެކަމަކު، އުސޫލުތައް ހުންނަން ޖެހޭނީ "ތިރިން މައްޗަށް" ކަމަށާއި އެއީ ގޮތް ނިންމާ ބަޔަކަށް ތިބީ ރައްޔިތުން ކަމުގައިވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، މިކަމުގައި މިހާރު ދެކޮޅު ދިމާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރަށް ބަދަލު ކުރަން ނިންމި ނިންމުމެވެ.

ރައްޔިތުންގެ ވޯޓުން ސަރުކާރެއް ހޮވާ އިރު، ރައްޔިތުންނަށް ފަސޭހަ ނިންމުންތައް ނިންމަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލު ކުރީ. އެ ބަދަލުގެ ސަބަބުން އެ ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަކަށް ބޭނުމެއް ނުހިފޭ. އެކަމުގެ ސަބަބުން ބަންދުގެ ބޮޑު ބައި ގެއްލިގެންދަނީ، - މުއިއްޒު-

ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލު ކުރީ. އެ ބަދަލުގެ ސަބަބުން އެ ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަކަށް ބޭނުމެއް ނުހިފޭ. އެކަމުގެ ސަބަބުން ބަންދުގެ ބޮޑު ބައި ގެއްލިގެންދަނީ،" މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް