ads
ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވާ އަދި ސްޕެއިންގެ ޔޫރަޕް ޔޫނިއަން ޕާލިމެންޓް މެމަބަރު ނާޗޯ ސަންޗޭޖު އަމޯ ނޫސްވެރިންނާއި ބައްދަކޮށް ވާހަކަ ފުޅު ދައްކަވަނީ.....
އިންތިހާބުގެ ކަންކަން ގެންދަނީ ގާނުނާއި އެއްގޮތަކަށްތޯ ބެލުމަށް އީޔޫގެ ވަފުދެއް ރާއްޖޭގައި
އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ގާނުނޫ ތަކާއި އެއްގޮތަށްތޯ ބެލުމަށާއި، އަދި ޑިމޮކްރެޓިކް އިންތިހާބުތަކާއި، ބެހޭ ހަމަޔަށްތޯބެލުމަށް ޔޫރަޕިއަންގެ ޔޫނިއަންގެ ޕާލިމެޓް މެމްބަރު ނާޗޯ ސަންޗޭންޖު އަމޯ ރާއްޖެ ވަޑައިގެން މަސައްކަތް ފައްޓަވައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވާ އަދި ސްޕެއިންގެ ޔޫރަޕް ޔޫނިއަން ޕާލިމެންޓް މެމަބަރު ނާޗޯ ސަންޗޭޖު އަމޯ ރަސްމީކޮށް ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު 2023 ގެ އިޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ މަސައްކަތް ފައްޓަވާ ނޫސްވވެރިންނާއި ވަނީ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮބްޒާވަރު ވިދާޅުވީ މިއީ އެ ޔޫނިއަން އިން ދިވެހިރާއްޖެއަށް އަންނަ ދެވަނަ އިންތިހާބު ކަމަށާއި، ޑިމޮކްރެޓިކް ޕްރޮސެސް އަށާއި، ޑިމޮކްރެޓިކް މުއައްސަސާތަކަށް އެހީތެރިވުމަށް އިޔޫއިން ދަމަހައްޓާ ވަފުދެއް ކަމަށެވެ.

އަދި އިންތިހާބާއި ގުޅޭ މުއައްސަސާތަކާއި، ރިޔާސީ ކެންޑިޑޭޓުންނާއި، މިޑިޔާގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ގިނަ ފަންނީ ބޭފުޅުން ބައްދަލު ކުރައްވާ މިހާރު ހިނގަމުންދާ ޕްރޮސެސްއާއި، ބެހޭ ގޮތުން ،މަޝްވަރާ ވެސް ވަނީ ކުރައްވާފައެވެ.

މި ދަތުރު ފުޅަކީ ހަ ދުވަހުގެ ދަތުރު ފުޅެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވަނީ އީޔޫގެ ޖުމްލަ 40 އޮބްޒާވަރުން ކަމަށާއި، އޭގެ އިތުރުން ސްވިޒަލޭންޑް ކެނަޑާގެ އޮބްޒާވަރުންވެސް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.

މީގެ އިތުން އިޔޫން ބުނީ އިންތިހާބީ މަރުހަލާއަށް ބިނާކޮށް އިޔޫއިން ގާއިމް ކޮށްފައިވާ މެތިލޮޖީއާއި، އެއްގޮތަށް ތަޖުރިބާކާރުން ހިމެނޭ ކޯ ޓިމް 31 ޖުލައިގައި ދިވެހިރާއްޖެ އަށް އައިސްފައިވާކަމަށާއި، އަދި ދިގު މުއްދަތުގެ އޮބްޒާވަރުން 13 އޮގަސްޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އެ ޔޫނިއަން އިން ބުނީ އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން މިޝަން އިބްތިދާއީ ބަޔާނެއް ނެރޭނެ ކަމަށާއި، އިންތިހާބުގެ ހުރިހާ މަރުހަލާތަކެއް ނިމެންދެން އީޔޫއިން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއް. އަޅުގަނޑު އުންމީދު ކުރަން ދައުލަތުގެ ހުރިހާ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ތެރޭގައި އަދި އިންތިހާބުގެ ފަހުން ވެސް ޑިމޮކްރެޓިކް އަސާސްތައް ހިފަހައްޓައި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް،" ނާޗޯ ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް