އެފޮތްތައް ހަދިޔާ ކޮށްފައިވަނީ "އެންރިޗިންގ ގަވަރމަންޓް ސްކޫލް ލައިބްރަރީސް" ޕްރޮގްރާމްގެ ދަށުން ކަމަށް މިނިސްޓްރީ އޮފް އެޑިކޭޝަނުން ވަނީ ބުނެފައެވެ.
ޖަމާލުއްދީން ސުކޫލްގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފޮތްތަކާއި ހަވާލުވެވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެެވެ. ފޮތްތައް ހަވާލުކޮދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު އެވެ.
އިންޑިއާ އިން ފޮތް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސްކޫލް ލައިބްރަރީތައް މުއްސަނދިކުރަން އިންޑިއާ އިން ފޮތް ހަދިޔާކުރުމަކީ ދިވެހި ދަރިވަރުންގެ އުނގެނުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ
މިޕްރޮޖެކްޓްގެ ފުރަތަމަ ބެޗް ނިމޭއިރު 10،000 އަށް ވުރެ ގިނަ ފޮތް އިންޑިއާ އިން ހަދިޔާކުރުމަށް ހަމަޖެހިފައިވެ އެވެ.