ads
ޑރ. ޖަމީލް އަދި ރައީސް ޞާލިހު: ފޮޓޯ އަވަސް
ރައީސް ސޯލިހު ޝަރުއީ ދާއިރާގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ: ޑރ. ޖަމީލް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރުއީ ދާއިރާގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް، ރައީސް ޔާމީނުގެ އިސްވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހު ޝަރުއީ ދާއިރާއަށް ނުފޯޒު ފޯރުވާ ހެކިތައް ކަމަށް ބުނެ، 6 ކަމެއް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ޑރ.ޖަމީލް ފާހަގަކުރައްވާފައިވާ ގޮތުން ޝަރުއީ ދާއިރާއަށް ރައީސް ސޯލިހު ނުފޫޒް ފޯރުވާ ހެކި ތަކުގެ ތެރޭގައި، ރައީސް ޔާމީނަށް ހުކުރައްވާ ކޮންމެ ގާޒީއަކަށް މަގާމުގެ ކުރިއެރުން ދިނުމާއި، އެމްއެމްޕީއާރުސީ ގެ ޚިޔާނަުގައި ހިމެނިވަޑައިގަންނަވާ 270 ފަރާތުގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ އިސްފަރާތްތަކެއް ހިމެނޭއިރު، އެފަރާތްތަކަށް ދައުވާ ނުކުރުން ހިމެނޭކަން ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ނުފޫޒް ފޯރުވައިގެން ކެބިނެޓް ވަޒީރު މަހްލޫފްގެ މައްސަލަ ވެސް ޝަރީއަތުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، 2018 ވަނައަހަރު، ސީދާ ރައީސް ޔާމީނު 2023 ގެ ރިޔާސީ ރޭހުން އެއްކިބާ ކުރުމަށް، ރައީސް ސޯލިހުގެ ޅިޔަނު އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ލައްވައި ސަބަބުތަކެއް އުފަންކުރުވުމާއި، ކޯޓުތައް ތާށިކޮށް އިދާރީ ހިންގުމަށް ހުރަސް އަޅާކަން ސްޕްރީމް ކޯޓުން ބުނެފައިވާ ބުނުމުގެ އިތުރުން ޖުޑީޝިއަލް ސާވިސް ކޮމިޝަން މިނިވަން ނުކޮށް މާފިއާއަކަށް ހަދާފައިވުން ހިމެނޭކަމަށްވެސް ޑރ.ޖަމީލް ފާހަގަ ކުރައްވާފައިވެއެވެ.

ޑރ. ޖަމީލް ވަނީ ރައީސް ސޯލިހުގެ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމެނޭ އަމާން ދިވެހިރާއްޖެ ސިޔާސަތަށް ފާޑުކިޔާފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ރައީސް ޔާމީނަށް ދެވުނު ޓެރަރިޒަމްގެ ހަމަލާގެ މުއްތަހަމު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ނުކުރަން ހަދާފައިވާ އެގްރީމެންޓާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދ ދެވުނު ހަމަލާ އަށް ބައްލަވާލެއްވުމަށް ރައީސް ސޯލިހަށް ދަންނަވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިއެވެ.

2018 ވަނައަހަރުގެ ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާއި އަދި ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކެމްޕެއިން ކުރެއްވި ނަމަވެސް، މިހާރު ޑރ. ޖަމީލް ގެންދަވަނީ ރައީސް ޔާމީނުގެ ދިފާއު ކުރައްވާ ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުން ކަން ފާހަގަކޮށްލެވެއެވެ.

އަދި، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ނާއިންސާފުން އިއްވާފައިވާ ހުކުމެއް ކަމަށާއި، އެހެންކަމުން ރައީސް ޔާމީން މިނިވަންކުރައްވާފައި ނޫނީ މަސައްކަތް ހުއްޓަވާނުލައްވާނެކަމަށްވެސް، ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލުގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާ، ރައީސް ޔާމީނު ރަނިންގްމޭޓަކަށް ކަނޑައެޅުއްވި ބޭފުޅާކަންވެސް ފާހަގަކޮށްލެވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް