ދަ އިންވިންސިބްލް ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ގައުމީ ކުތުބުހާނާގައެވެ.
އަންވަރު ނަޢީމްގެ "ދަ ކޮންފިއުޝަން" ފޮތަކީ ބޭރުގައި ހިނގާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ ފޮތެކެވެ.
އެއީ "ދަ ކޮންފިއުޝަން ދަ އިންވިންސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ.
އެ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ފަޒުނާ އަހުމަދު ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ. އެގޮތުން ފަޒުނާ ވަނީ ލިޔުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި، ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގެއްކަމުގައެވެ.