ads
ބުރު- ސަސް މެޗުގެ ތެރެއިން
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަނެއްކާވެސް ފަސްކޮށްފި
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށްފަހު ލީގުގެ ކުޅުން އަލުން ފަށާނެ ތާރީހް ފަސްކޮށްފިއެވެ.

ލީގުގެ މެޗުތައް މެދުކަނޑާލީ މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ބިން ދޫކުރުމަށް ގުރުއަތުލުމަށްޓަކައެވެ. އެފްއޭއެމްއިން ބުނީ ލީގު މެދުކަނޑާލީ ހައުސިން މިނިސްޓްރީއަށް ދަނޑު ދޫކުރުމަށް ދަނޑުގެ ވެރިފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީން ނިންމުމުން ކަމަށެވެ. 

ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ލީގު ފަށަން ތާވަލުކުރެވިފައި އޮތީ 16 ވަނަ ދުވަހުގެ ފަހުންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހައުސިން މިނިސްޓްރީއަށް ދަނޑު ދޫކުރުން ނިންމާފައެވެ. 

ޔޫތު މިނިސްޓްރީން މިގޮތަށް ނިންމީ އަލުން މެޗުތައް ފަށާނެ ތަވާލު އެފްއޭއެމްއިން ނެރެފައި ވަނިކޮށެވެ. 

މިކަމާއި ގުޅިގެން އެފްއޭއެމްއިން ބުނީ ލީގުގެ މެޗުތައް ދެން ފަށާނެ ތާރީހެއް ޔަގީން ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެމައުލުމާތު ހިއްސާ ކުރާނެ ކަމަށްވެސް އެފްއޭއެމްއިން މައުލޫމާތު ދިނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް