ads
އީޔޫ އިން އިދިކޮޅާ ބައްދަލުކުރުން
ރައީސް ޔާމިން އަށް ވާދަކުރަން ދަތިކުރާކަމުގެ ޝަކުވާ އިދިކޮޅުން ވެސް އީޔޫގައި ކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރުން ދަތިކުރާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އީޔޫގައި ޝަކުވާ ކޮށްފިއެވެ.

އެ ކޯލިޝަނުން މި ޝަކުވާ އީޔޫގައި ކޮށްފައިވަނީ  މިއަދު ހަވީރު ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސާވިސް (އީއީއޭއެސް) އާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. 

"ރައީސް ޔާމީންގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރެއްވި. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ބައިވެރިވުން ހުއްޓުވުމުގައި ސަރުކާރުގެ ނުފޫޒުން ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެއްވި. ޑިމޮކްރަސީ ކުރިއަރަން ޖެހޭ،" ރައީސް ޔާމިންއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން އީއޭއެސް އާއި އެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ބުންޏެވެ.

your imageރައީސް އަބްދުﷲ ޔާމިން ސުޕްރީމް ކޯޓުގައި: އެ ކޯޓުން ނިންމީ ޔާމިންގެ ކެނޑިޑަސީ އީސީން ބަލައިނުގަތީ ރަނގަޅަށް ކަމަށް

ޔާމީނު ގެއަށް ބަދަލުކު ޔޫރޮޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވަނީ މި މަހު 15 ވަނަ ދުވަހުއެވެ. 

ރައީސް ނަޝީދު އެހީއަށް އެދިވަޑައިގަތީ ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް އީޔޫ އިން ރާއްޖެ ފޮނުވާ ޓީމުގެ ޗީފަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރްގެ އަރިހުންނެވެ. ޕްރޮގްރެސިވް ކޯލިޝަންއާއެކު ބޭއްވި ބައްދުލުވުމުގައި ވެސް ނާޗޯ ބައިވެރިވެ ވަޑައިގަތެވެ. 

އީޔޫގެ ވަފުދެއް ރާއްޖެ އައިސްގެން އުޅެނީ އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާ އޮބްޒާވުކުރުމަށެވެ. 

ސުޕްރީމް ކޯޓުގައި ރައީސް ޔާމިން ވިދާޅުވެފައިވަނީ އެމަނިކުފާނު "އެޑްމިސްޓްރޭޓިވް ޖަސްޓިސް" ގެ ޝިކާރައަކަށްވެލައްވާފައިވާކަމަށެވެ. މާނައަކީ އިދާރީ ގޮތުން އެމަނިކުފާނަށް ދަތިތަކެއް ޖުޑީޝަރީގެ ތެރެއިން ދިމާވާކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް