ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ވަޒީރުން ރެސްޓު ނުކުރައްވައި އުޅެންޖެހޭނީ ރައްޔިތުންގެ ހިދުމަތުގައިކަމަށް، ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement
އިލްޔާސް މިހެން ވިދާޅުވީ ނޮޅިވަރަމް ގައި އެ ޕާޓީން ބޭއްވި ކެންޕޭނު ޖަލްސާއެއްގައެވެ.
"އެއްވެސް ވަޒީރަކަށް ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ރެސްޓެއް ނެތް. މަސައްކަތުގައި އުޅެން ޖެހޭނީ. އެއީ ތިބޭފުޅުންގެ ހައްގުގައި. ތިބޭފުޅުންނާއި އަޅުގަނޑުމެން އެކީގައި ރާއްޖެ ބަދަލު ކުރަން މަސައްކަތް ކުރާނީ" -އިލްޔާސް ލަބީބް-
"ފަތިހު ހޭލައިގެން، ފަތިސް ނަމާދުކޮށްގެން، ދުވެލާފައި، ސައިބޮއިގެން މަސައްކަތް ފައްޓާ ގޮތަށް ރޭގަނޑު 10:30، 11 ޖަހާންދެން މިިމަސައްކަތުގައި އުޅެވޭނީ އަޅުގަނޑަށް" -އިލްޔާސް ލަބީބް-
ނޮޅިވަރަމް ޖަލްސާގައި އިލްޔާސް ވަނީ އެ ރަށާއި ގުޅޭގޮތުން ރަނގަޅުކުރަންޖެހޭ، އަދި ޑިމޮކްރެޓްސް ސަރުކާރެއްގައި ކޮށްދެއްވާނެކަންކަން ވިދާޅުވެއް ދެއްވާފައެވެ.
އިލްޔާސް ވިދާޅުވި ބައެއް ވާހަކަފުޅުތައް:
- ނޮޅިވަރަމްގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ފުދުންތެރިކަން ރަނގަޅުކޮށް ދިނުމަށްމަސައްކަތް ކުރާނަން.
- ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދަދިނުމަށް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސައްކަތް ކުރާނެ
- ނޮޅިވަރަމްގެ ފަތުރުވެރިކަން ރަނގަޅުކޮށްދޭނަން
- ރަށުގެ ކައުންސިލް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ.