މޯހަން ބަގާން ޕްލޭ އޮފް މެޗަށް ކޮލިފައިވީ ނޭޕާލްގެ މަޗިންދްރާ ޔުނައިޓެޑު ބަލިކޮށްގެންނެވެ. ޕްލޭ އޮފްގައި މޯހަން ބަގާން ކުޅޭނީ، ރާއްޖޭގެ އީގަލްސް ބަލިކުރި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މެޗު ކުޅޭނީ ކަލްކަތާގައެވެ.
މޯހަން ބަގާންއަކީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ދެކުނު އޭޝިޔާ ގްރޫޕުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މިދިޔަ އަހަރު ސެންޓްރަލައިޒްޑްކޮށް ދެކުނު އޭޝިއާ ގްރޫޕު އިންޑިޔާގައި ކުޅުނު އިރު، އޭގެ ކުރީ އަހަރު ކުޅުނީ ރާއްޖޭގައެވެ.
ގްރޫޕް ސްޓޭޖުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންޑިޔާއިން އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. ފަހު ޖާގަ ލިބޭނީ އަބަހާނީއާ މޯހަން ބަގާން ކުޅެގެން މޮޅުވާ ބަޔަކަށެވެ.