ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގެސްޓު ހައުސްތަކުގެ އަދަދު ފަސްގުނަ ކުރާނެކަމަށް ދަ ޑިމޮކްރެޓްގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

Advertisement
ޑިމޮކްރެޓުން މިއަދު ބުނީ ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ހުންނަވާ އިލްޔާސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރާއެކީއެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ގާއިމުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓުތައް ގާއިމުވެ، އެ ސަރަހައްދުގެ ރަށްރަށުގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީކުރުވެންޖެހޭ ކަމަށް އިލްޔާސް ވިދާޅުވިކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.
އެ ޕާޓީން ބުނީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފައިވާކަމަށެވެ.
އިލްޔާސް ލަބީބް:
"މިކަން ކުރުމަށް ބޭނުންވަނީ އެމީހުން [އިންވެސްޓަރުން] މިތަނަށް ފައިސާ ހިފައިގެން އިންވެސްޓްކުރަން އަންނަ އިންސެންޓިވްތަކެއް. އަޅުގަނޑުމެން ސަރުކާރަށް މި އަންނަނީ މި ސަރަހައްދުގެ ޓޫރިޒަމަށް އިންވެސްޓްކުރާ ކޮންމެ ފަރާތަކަށް ޓީޖީއެސްޓީ ފުރަތަމަ ތިން އަހަރު އެކީ ކަނޑާލަން، ޖެހިގެން އަންނަ ހަތްއަހަރު ޓީޖީއެސްޓީ 50 އިންސައްތައަށް ކުޑަކުރުމަށްޓަކާ" -އިލްޔާސް -
"މި ރާއްޖޭގައި 911 ގެސްޓްހައުސް ރަޖިސްޓާ ވެފަ އެބަހުރި، މި ރާއްޖޭގައި 14،900 ގެސްޓްހައުސް ބެޑު ގާއިމުވެފަ އެބަހުރި، ގެސްޓްހައުސް އަކީ އެންމެ ގިނަ ރަށްރަށުގަ އާންމު މީހާގެ އާމްދަނީއަށް އެންމެ ފައިދާވާ ވިޔަފާރި، އަޅުގަނޑުމެން މި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި ތިބޭފުޅުންގެ ރަށުގަ، ތިބޭފުޅުންގެ އަތޮޅުގަ ކުރެވޭނެ ގޮތް ހަމަޖައްސަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގެސްޓްހައުސްގެ ބެޑުގެ އަދަދު ފަސް ގުނަ އަށް އިތުރު ކޮށްދޭނަން" -އިލްޔާސް-
ދިއްދޫގައި އިލްޔާސް ވައުދުވެލެއްވި ބައެއް ކަންކަން:
- ގެސްޓްހައުސް އާއި ބުޓިކް ހޮޓާތައް ފަދަ ކުދި ވިޔަފާރިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށްދޭނެ
- އިކުއިޓީއެއް ނެތި، މޯގޭޖު ކުރުމެއް ނެތި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރަން ބޭނުންވާ ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ ފީސިބަލް ޕްލޭނެއް ހުށަހެޅުމުން އެކަމަކަށް ސަރުކާރުން ފައިސާ ދޫކުރާނެ
- ގެސްޓު ހައުސް ބެޑުގެ އަދަދު ފަސްގުނަ ކުރާނަން