ads
މުއިއްޒު
މަސްވެރިންނަށް މުއިއްޒު ދެއްވީ އުއްމީދީ ވައުދުތަކެއް
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މަސްވެރިންނަށް ލޯން ލިބޭ ގޮތް ފަހިކޮށްދީ ދ އަތޮޅުގައި މަސް ކާރުހާނާއެއް އަޅަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް އުއްމީދީ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
Advertisement

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރެއްވި ދަތުރުގައި ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ ބައެއް ކަންކަން އިއުލާން ކުރައްވައިފައެވެ. 

މުއިއްޒު އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މަސްވެރި އުޅަނދުތައް ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ނަގާ މައްސަލައެވެ. އަދި ވެރިކަމަށް ވަޑައިގެންފި ނަމަ، މަސްވެރިކަމަށް އުޅަނދު ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ ބޭންކުތަކަށް ގޮސްފި ނަމަ، ލޯން ލިބޭ ބައެއް ނޫން ކަމަށެވެ. 

އެހެން އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލޯން ލިބޭ އިރު، މަސްވެރިންނަށް ލޯން ނުލިބެނީ އެއީ މުވައްޒަފުން ގޮތުގައި ބޭންކުތަކުން ބަލައިނުގަންނާތީ ކަމަށް ވިދާޅުވިއެވެ.

މިސާލަކަށް ސިވިލް ސާވިސް މުވައްޒަފުން، އެހެން ސެކްޓަގެ މުވައްޒަފުން ދިޔައީމަ ލިބޭ ލޯނުތައް ހުރޭ. ނަމަވެސް މަސްވެރިއަކު ލޯނެއް ހޯދަން ދިޔައީމަ ވަރަށް ދަތިތަކެއް ހުރޭ -މުއިއްޒު-

"އެހެންވީމަ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި ތައާރަފު ކުރަން ޖެހޭ އެކިކަހަލަ ޑޮކިއުމަންޓްސްތައް ތައާރަފްކޮށްގެން މަސްވެރިންގެ ހާއްސަ ދަފްތަރެއް އެކުލަވާލައިގެން އެ ދަފްތަރުގައި ރަޖިސްޓްރީވާ ކޮންމެ މަސްވެރިއަކީ މި ދެންނެވި ގޮތަށް މުވައްޒަފުން ގޮތުގައި ބަލައިގަނެ، ބޭންކްތަކުން ފަސޭހަކަމާއެކީގައި ލޯން ލިބޭ ގޮތް ފަހިކޮށްދޭނަން." މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވި ގޮތުގައި މެދުރާއްޖެ ތެރެއަށް މަސް ބަންދު ކުރާ ކާރުހާނާއެއް މުހިންމެވެ. އެހެންވެ. ދ. އަތޮޅުގެ މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކޮށްލާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ސަބަބުން މި ސަރަހައްދުގައި ހިމެނޭ ހުރިހާ އަތޮޅެއް އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން ފައިދާ ކުރާނެ." މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކޮށް އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި އެ ސޮސައިޓީގެ ފަރާތުން މިފްކޯގެ ބޯޑްގައި މެމްބަރަކު ހުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް